ދިވެހިންގެ އުފާވެރިކަމުގެ އިންޑެކްސް އެކުލަވާލުމުގެ އަމަލީ މަސައްކަތް ފެށިއްޖެ

Advertisement

އެންމެ ފަސް

Advertisement

ހެޕިނެސް އިންޑެކްސް އެކުލަވާލުމުގެ އަމަލީ މަސައްކަތް ފެށިއްޖެ

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން ހެޕިނެސް އިންޑެކްސް އެކުލަވައިލުމުގެ ދިރާސާ މަސައްކަތް ހަވާލުކޮށްފައިވާ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއިން، މި މަސައްކަތް ރަސްމީ ގޮތުން ފެއްޓީ ބުދަ ދުވަހު އެ ޔުނިވަރސިޓީގެ ހޯލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

މި ރަސްމިއްޔާތުގައި ވަޒީރު އާދަމް ޝަރީފު އުމަރާއި، އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އަލީ ޒާހިރާއި، މި މަސައްކަތުގެ ވިލަރެސް ވެރިންނާއި، އިސްލާމިކް ޔުނިވަރސިޓީގެ ފެކަލްޓީތަކުގެ ވެރީންނާއި، ނ. އަތޮޅު ކައުންސިލުގެ ރައީސާއި، އެ ވުޒާރާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެލެއްވި އެވެ.

ހެޕިނެސް އިންޑެކްސްއަކިީ އެ ގައުމެއްގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމަށް ބަލައި، އުފާވެރިކަން އޮތް ވަރު ދެނެގަތުމަށް ހަދާ އިންޑެކްސްއެކެވެ. ހެޕިނެސް އިންޑެކްސް އާންމުކުރުމަކީ މިހާރަކަށް އައިސް ދުނިޔޭގައި އާންމުކޮށް ކޮންމެ އަހަރަކު ކުރަމުން އަންނަ ކަމެކެވެ. އާންމުކޮށް ދުނިޔޭގައި މި ކަން ބަލައި އުޅެނީ 10 ދާއިރާއަކަށް ބަލައިގެން ނެވެ. ދުނިޔޭގެ ހެޕިނެސް އިންޑެކްސްގައި މި ވަގުތު އެންމެ ކުރީގައި އޮތީ ފިންލެންޑެވެ.

ހެޕިނެސް އިންޑެކްސްގައި ބަލައިލާ ދާއިރާތައް:

1. ނަފުސުގެ ނުވަތަ ނަފުސާނީ ދުޅަހެޔޮކަން

2. ޖިސްމުގެ ނުވަތަ ޖިސްމާނީ ދުޅަ ހެޔޮކަން

3. ދިރިއުޅުމުގެ އެންމެހައި ދާއިރާތަކަށް ވަގުތު ދެވޭ މިންވަރު

4. ކަންކަން ދަސްކުރުމަށާއި، ފަންނުވެރިކަމާއި، ސަގާފީ ކަންކަން ކުރުމަށް ފުރުސަތު ލިބުން.

5. މުޖުތަމައުގެ ގުޅުން ނުވަތަ އެއްބައިވަންތަކަން

6. އިޖުތިމާއީ އެހީތެރިކަން

7. ތިމާވެށްޓާ ގުޅުން އޮންނަ މިންވަރު

8. ސަރުކާރާ މެދު ދެކޭ ގޮތް

9. ދިރިއުޅުމުގެ ފެންވަރު

10. ކުރާ މަސައްކަތްތަކަށް ހިތްހަމަޖެހުން ލިބޭ މިންވަރު

އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއިން ކުރަމުންދާ މި ދިރާސާ ކުރިއަށް އޮތް 6 މަހެއްހައި ދުވަސްތެރޭ ނިންމާ ލެވޭނެ ކަމަށް ބެލެވެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ