އިންޑިއާ ސަފީރު މަޖިލިސް ރައީސްއާ ބައްދަލުކުރައްވައިފި

Advertisement

އެންމެ ފަސް

Advertisement

އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު ރައްޔިތުންގެ މަޖިލީހުގަ އެވެ.

މިބައްދަލުކުރެއްވުމުގައި މަޖިލީހުގެ ރައީސްގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އަދި މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު ބައިވެރިވެވަޑައިގެންފައިވެ އެވެ.

މި ބައްދަލުވުމާ ގުޅޭ އިތުރު ތަފުސީލެއް ރައްޔިތުންގެ މަޖިލީހުން ހާމަކޮށްފައެއްނުވެ އެވެ. އިންޑިއާއާއި ރާއްޖޭގެ ގުޅުން ކޮންމެވެސް ވަރަކަށް ހީނަރުވެފައިވާއިރު، ދެގައުމުގެ ގުޅުން އަނެއްކާވެސް އިތުރަށް ބަދަހި ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން މިފަހުން އިންޑިއާ ސަފީރު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށްވެސް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާފަ އެވެ. އަދި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލްއާވެސް އިންޑިއާ ސަފީރު ބައްދަލުކުރައްވާފައިވެ އެވެ.

ރާއްޖެ - އިންޑިއާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ