ޑިމޮކްރެޓުން ރައީސްއާއި މަޝްވަރާކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ޑިމޮކްރެޓްސްގެ ބައެއް އިސްވެރިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއި ބައްދަލުކުރައްވައިފި އެވެ.

ޕާޓީގެ ރައީސް ހަސަން ލަތީފާއި ނައިބު ރައީސް މުހައްމަދު ޝިފާޒް ވަނީ އިއްޔެ ރައީސް މުއިއްޒާ ބައްދަލު ކުރައްވާފަ އެވެ.

ޑިމޮކްރެޓުން ރައީސް އާއި މަޝްވަރާކުރެއްވީ ގާނޫނު އަސާސީއަށް ބަދަލުތަކެއް ގެންނަވަން އުޅުއްވާތީ ކަމަށް ބުނެފައިވެ އެވެ.

ޑިމޮކްރެޓްސްގެ ސިޔާސަތުތަކުގެ ތެރެއިން ރައީސް މުއިއްޒުގެ ސަރުކާރަށް ތަންފީޒު ކުރެވޭނެ ސިޔާސަތުތަކާ ގުޅޭ މަޝްވަރާތައް ވެސް ކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.

ޑިމޮކްރެޓްސްގެ ބައެއް އިސްވެރިން ރައީސްއާއި އެކުގައި މަސައްކަތްކުރަން މަޝްވަރާކުރުމުން އެޕާޓީގެ ބައެއް އިސް ފަރާތްތައް އެކަމާއި ހިޔާލު ތަފާތުކަމަށް ބައެއް ފަރާތްތަކުން ބުނަމުންދެ އެވެ.

އެމްޑީޕީ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުމެއްގެ ތެރެއިން ޕާޓީ ދޫކޮށް އުފެއްދި ޑިމޮކްރެޓުންނަށް މިފަހަަރުގެ މަޖިލީސް އިންތިހާބުން އެންމެ ދާއިރާއެއްގެ ގޮނޑިއެއްވެސް ކާމިޔާބު ކުރެވިފައިނުވާކަން ފާހަގަކޮށްލަންޖެހެ އެވެ.

ވަރަށް ފަހުން އެމްޑީޕީގެ ލީޑަރު ކަމުގައިވާ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވަނީ ޑިމޮކްރެޓްސްގެ ބާނ،ީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެމްޑީޕީއާއި އަލުން ގުޅިވަޑައިގަތުމަށް ދައުވަތު އަރުއްވާފަ އެވެ. ސިިޔާސީ މަސައްކަތްތަކުން ދުރަށް ޖެހިލައްވާފައިވާ އެމްޑީޕީގެ ކުރީގެ ރައީސްކަން ކުރައްވާފައިވާ ނަޝީދު ވަނީ އެ ދައުވަތު ގަބޫލުކުރައްވާނެ ކަމުގެ އިޝާރާތެއް ދެއްވާފަ އެވެ. ނަމަވެސް އޭގެ ފަހުން ދެފަރާތުންވެސް އެކަމުގެ އިތުރު މުއާމަލާތެއް އާންމުކުރައްވާފައި ނުވެ އެވެ.

ކޮންގްރެސް ޕާޓީ މެންބަރު ހަސަން ލަތީފު ދަ ޑިމޮކްރެޓްސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ