އައްޑޫ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން

Advertisement

Advertisement

އެންމެ ފަސް

Advertisement

އައްޑޫސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ އައްޑޫ ސިޓީން ކަރަންޓު ކެނޑޭ މައްސަލައިގައި ކުއްލި މައްސަލައެއް ހުށަހަޅާފަ އެވެ. މި ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން ފަލާހް ވިދާޅުވީ މި ކުއްލި މައްސަލަ ޕީއެންސީގެ ބޮޑު މެޖޯރިޓީ އޮތް މަޖިލީހުން ބަލައިގަތީ، މި މައްސަލައަކީ މުހިންމު މައްސަލައެއް ކަމަށް ވާތީ ކަމަށެވެ. އަދި މި މައްސަލަ ބަލައިގަތުމުން މިކަންކަން ހައްލުކުރުމަށް ސަރުކާރުން ބޭނުންވާ މިންވަރު ހާމަވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ފަލާހް ވިދާޅުވީ އައްޑޫއިން ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ.

އައްޑޫ ސިޓީން ކަރަންޓު ކެނޑޭ މައްސަލައިގައި ނާޒިލް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސް ކުރިއަށްގެންދާއިރު، ސަރުކާރަށް ތާއީދުކުރާ މެންބަރުން އަންނަނީ ކުރީ ސަރުކާރުން ފެނަކައިން އިންޖީނުގެތައް ރަނގަޅަށް ނުހިންގާ އޮތް މައްސަލަ ފާހަގަ ކޮށްފައެވެ. އަދި މިދިޔަ ސަރުކާރުގައި ފެނަކަ ދަރުވާލާފައިވާ މައްސަލަވެސް މެންބަރުން ފާހަގަ ކުރެއްވި އެވެ.

ނާޒިލް ހުށަހެޅި ކުއްލި މައްސަލައިގައި ބުނެފައިވަނީ، އައްޑޫ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށްވެސް ސަރުކާރުން ނުކުޅެދި، ތަކުރާރުކޮށް ނިވިދިއްލޭ ބޮތްކެއްހެން އެރަށްތަކުގެ ކަރަންޓު ކެނޑެމުންދާތީ ރައްޔިތުންނަށް އޭގެ ސަބަބުން ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް އައްޑޫ ސިޓީ ފެނަކަ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ