އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ނިޒާމަށް ސަރުކާރުން ގެންނަ ބަދަލުތަކަށް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ފުޅާ ދާއިރާއެއްގައި ހޯއްދެއްވުމަށް ވާންޖެހޭ ތައްޔާރީތައް މިނިސްޓްރީން ފަށައިފައިވާ ކަމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެ އެވެ.
ވަޒީރު މިހެން ވިދާޅުވީ މިނިސްޓްރީގެ ފަރާތުން މި ކަމުގައި ކުރަމުންދާ މަސައްކަތްތަކުގެ އަދާހަމަ ހަމަކުރެއްވުމަށް މިނިސްޓްރީގެ ފޭސްބުކް ޕޭޖްގައި އާންމުކުރެއްވި ވީޑިއޯއެއްގަ އެވެ. ވަޒީރު އިތުރަށް ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން ގެންނަން ނިންމާފައިވާ ބަދަލުތަކާއި ގުޅޭގޮތުން ގައުމީ ޔުނިވަރސިޓީން މިހާރު ކުރިއަށް ގެންދަވައި ދިރާސާ ނިމުމަކަށް އައިސްފައި ވާކަމަށާއި އަދި އެ ދިރާސާ ނިމުމުން އެ ކަމާއި މެދު ރައްޔިތުންގެ ހިޔާލު ހޯއްދެވުމަށް ވާންޖެހޭ ތައްޔާރީތައް ވުމުގެ މަސައްކަތް މިހާރު މިނިސްޓްރީން ފަށައިފައިވާ ކަމަށެވެ.
”ރައްޔިތުންނާއި ހަމައަށް އެ ކަމާ ބެހޭ މަޝްވަރާތައް ފެށުމަށް ޓަކައި ވާންޖެހޭ ތައްޔާރީތައް އަޅުގަނޑުމެންގެ މިނިސްޓްރީން މި ވަނީ ފަށައިފައި އަޅުގަނޑުމެންގެ އަމާޒަކީ ލާމަރުކަޒީ މުޅި ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް އަދި ހާއްސަ ގޮތެއްގައި ލާމަރުކަޒީ ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ދެނެގަނެ އެ ކަމުގައި ރައްޔިތުންނަށް ފެންނަ ފުރިހަމަ ހިޔާލުތައް ފުޅާދާއިރާއެއްގައި ހޯދުމުގެ މަސައްކަތްކުރުން“ މިނިސްޓަރ އާދަމް ޝަރީފު ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ ދިރާސާ ނިމޭ ހަފުތާ ތެރޭގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ މަސައްކަތް ފެށިގެން ކުރިއަށް ގެންދަވާނެ ކަމުގަ އެވެ.
މިނިސްޓަރު އާދަމް ޝަރީފް އުމަރު މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް ލާމަރުކަޒީ ނިޒާމް