އުނގޫފާރުން މަރުވި ޒުވާނާގެ މައްސަލައިގައި ފެނަކަ ޖޫރިމަނާކޮށްފި

Advertisement

އެންމެ ފަސް

Advertisement

އުނގޫފާރުގައި 18 އަހަރުގެ ކުއްޖަކު ކަރަންޓުގައި ޖެހި މަރުވި މައްސަލައާއި ގުޅިގެން ފެނަކަ ކޯޕަރޭޝަނުން އިހުމާލުވެފައިވާ ކަމަށް މޯލްޑިވްސް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން މިއަދު ނިންމައިފި އެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހު، ފުލުހުން މައުލޫމާތުދިން ގޮތުގައި އުނގޫފާރު ކުޑަކުދިންގެ ޕާކް ކައިރީގައި ހުރި މަގުބައްތިއެއް ކައިރީގައި އޮތް ފެންކޯރުގައި ކުޅެންތިބި ކުދިންތަކެއް ކަރަންޓުގައި ޖެހުނެވެ. އެހާދިސާގައި ކަރަންޓުގައި ޖެހުނު ކުޑަކުއްޖެއް ސަލާމަތް ކުރުމުގެ ތެރެއިން 18 އަހަރުގެ ޒުވާނަކު ވަނީ ނިޔާވެފަ އެވެ.

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ހާދިސާ ހިނގި ގޮތް ބަލާފައި، މަގުމަތީގެ ލައިޓްތަކުގައި ސޭފްޓީ އިކުއިޕްމަންޓް، އާރތް ލީކް ސާކިޓް ބްރޭކަރާއި މިނިއޭޗަރ ސާކިޓް ބްރޭކަރ އިންސްޓޯލް ނުކުރެވި އިން ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ފެނަކައިން ހިދުމަތް ދެމުން ދިޔަ ގިނަ ރަށްރަށުގެ މަގުމަތީ ލައިޓްތަކުގައި އާރތް ލީކް ސާކިޓް ބްރޭކަރު ނެތްކަން ތަހުގީގަށް އެނގުނު ކަމަށެވެ.

އެ އޮތޯރިޓީން ބުނީ ފެނަކަ ޖޫރިމަނާ ކުރަން ނިންމީ އެ ހާދިސާ ހިނގީ ސީދާ އެ ކޯޕަރޭޝަންގެ އިހުމާލުން ކަމަށް ވުމުން ނެވެ. ފެނަކައިގެ މައްޗަށް އަމުރުކޮށްފައި ވަނީ ޖޫރިމަނާގެ ގޮތުގައި 50،000 ރުފިޔާ މަސައްކަތު 30 ދުވަހުގެ ތެރޭގައި ދެއްކުމަށެވެ.

އެފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރު ނުވާނެ ގޮތަށް 30 ދުވަހުގެ ތެރޭގައި ހިދުމަތްދޭ ހުރިހާ ރަށްރަށުގައި ސާކިޓް ބްރޭކަރު ބެހެއްޓުމަށް ވެސް އެ އޮތޯރިޓީން ވަނީ އަންގާފަ އެވެ. 30 ދުވަހުގެ ތެރޭގައި އެތަކެތި އިންސްޓޯލް ނުކުރެވޭ ހާލަތެއްގައި ވަގުތީ ގޮތުން ހިދުމަތް މެދުކަނޑާލުމަށް އޮތޯރިޓީން އަންގާފައިވެ އެވެ.

ފެނަކަ ކޯޕަރޭޝަނުން ވެސް ވަނީި ދާދި ފަހުން ކުރި އިންސްޕެކްޝަނަކަށް ފަހު ރަށްރަށުގައި މަގުބައްތިތަކުގައި އެކަށީގެންވާ މިންވަރަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައި ނެތް ކަން ފާހަގަކޮށްފަ އެވެ.

މޯލްޑިވްސް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ފެނަކަ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ