ތ. އަތޮޅުގެ މީހުން ދިރިއުޅޭ 12 ރަށުގައި ގާއިމުކޮށްފައިވާ ސޯލާ ޕީވީ ހައިބްރިޑް ޕަވަރ ސިސްޓަމްތައް މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.
މި މަޝްރޫއުގެ ދަށުން ޖުމްލަ 2.5 މެގަވޮޓުގެ ސޯލާ ޕީވީ ހައިބްރިޑް ޕަވަރ ސިސްޓަމްތަކެއް ގާއިމުކުރެވިފައިވާ ކަމަށް އެންވާރަމެންޓް މިނިސްޓްރީން ބުންޏެވެ. މީގެ އިތުރުން 1.9 މެގަވޮޓު ކަރަންޓް އުފައްދާ ބެޓަރީ ސްޓޯރޭޖް ސިސްޓަމްތަކެއްވެސް ވަނީ ބެހެއްޓިފަ އެވެ.
މި އިތުރުކުރެވުނު ކެޕޭސިޓީއާއެކު، ރާއްޖޭގައި މިހާރު ޖުމްލަ 67.5 މެގަވޮޓުގެ ސޯލާ ޕީވީ ސިސްޓަމްތައް ޤާއިމުކުރެވިފައިވާ ކަމަށް އެންވާރަމެންޓް މިނިސްޓްރީން ބުންޏެވެ. މި މަޝްރޫއުގެ ސަބަބުން އަހަރަކު 1.2 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ ކަމަށް އެވުޒާރާއިން ލަފާކުރި އެވެ. އަދި މީގެ ސަބަބުން އަހަރަކު 3,300 ޓަނުގެ ކާބަން ޑައިއޮކްސައިޑް ތިމާވެއްޓަށް ބޭރުވުން ކުޑަކުރެވޭނެ ކަމަށް ބެލެވޭ ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.
މި މަޝްރޫއަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ދެމެހެއްޓެނިވި ހަކަތަ އުފެއްދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގާ އެއް މަޝްރޫއެވެ. މި މަޝްރޫއުގެ ސަބަބުން ތ. އަތޮޅުގެ ރަށްތަކުގައި ކަރަންޓުގެ ހިދުމަތް އިތުރަށް ރަނގަޅުވެ، ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ކަރަންޓު އުފެއްދުމަށް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މި 12 ރަށަކީ ސަރުކާރުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ ”ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޮރ ސަސްޓެއިނަބަލް އެނަރޖީ ޑިވެލޮޕްމަންޓް“ (ޕޮއިސްޑް) މަޝްރޫޢުގެ ދަށުން މަސައްކަތް ކުރެވުނު ރަށްތަކެކެވެ.
ޕޮއިސްޑް މަޝްރޫއުގެ ދަށުން ރާއްޖޭގެ 160 ރަށެއްގައި ޑީސަލް އިންޖީނުގެތައް ބެޓަރީ ސްޓޯރޭޖް ހިމެނޭ ސޯލާ ޕީވީ ހައިބްރިޑް ސިސްޓަމްތަކަށް ގެންދަނީ ބަދަލުކުރަމުން ނެވެ. މިހާތަނަށް މި މަޝްރޫއުގެ ދަށުން 72 ރަށެއްގައި މަސައްކަތް ނިމި، ޖުމްލަ 13.4 މެގަވޮޓްގެ ސޯލާ ޕީވީ އާއި ގަޑިއަކު 9.8 މެގަވޮޓް ބެޓަރީ ސްޓޯރޭޖް ގާއިމުކުރެވިގެންދާނެ އެވެ.
މި މަޝްރޫއުތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވެނީ ބައިނަލްއަގްވާމީ ބައިވެރިންގެ އެހީތެރިކަމާއެކު ކަމަށް ފާހަގަކޮށް، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން މި މަޝްރޫއުތަކަށް ދެމުންގެންދާ އެހީތެރިކަމަށް ސަރުކާރުން ޝުކުރު އަދާކުރެރި އެވެ.
މި މަޝްރޫއުގެ ސަބަބުން ރަށްރަށުގައި ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޑީސަލްގެ މިންވަރު މަދުވެ، ތިމާވެއްޓާ ރައްޓެހި ހަކަތަ އުފެއްދުމަށް މަގުފަހިވެގެންދާނެ އެވެ.
މި މަޝްރޫއުގެ އިތުރުން، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ އެހީތެރިކަމާއެކު، ދިވެހިރާއްޖެއިން ވަނީ 2023 ވަނަ އަހަރު އައު މަޝްރޫއެއް ފަށާފަ އެވެ. އެއީ ”އެކްސެލެރޭޓިންގ ސަސްޓެއިނަބަލް ސިސްޓަމް ޑިވެލޮޕްމަންޓް ޔޫސިންގ ރިނިއުވަބަލް އެނަރޖީ“ (އެޝުއަރ) ޕްރޮޖެކްޓެވެ.
މި މަޝްރޫޢުއުގެ މަގްސަދަކީ އިއާދަކުރަނިވި ހަކަތައަށް އަމިއްލަ ފަރާތްތަކުން ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރުމެވެ. މި މަޝްރޫއުގެ ދަށުން، ރާއްޖޭގެ 20 ރަށެއްގައި 20 މެގަވޮޓުގެ ސޯލާ ޕީވީ އާއި ގަޑިއަކު 40 މެގަވޮޓު ބެޓެރީ އެނަރޖީ ސްޓޯރޭޖް ގާއިމުކުރެވޭނެ އެވެ. މީގެ އިތުރުން، ވައިން އަދި ކަނޑުގެ ހަކަތައިން ހިންގާ ނިޒާމުތައްވެސް ޕައިލެޓް ކުރެވި، ދިވެހިރާއްޖޭގައި މި ޓެކްނޮލޮޖީތައް ބޭނުންކުރެވިދާނެ މިންވަރު ވަޒަންކުރެވޭނެ އެވެ.
ރާއްޖޭގެ ހަކަތައިގެ ދާއިރާ ތަރައްގީކޮށް ބަދަލުކުރުމުގައި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާއި އެހެނިހެން އެހީދޭ އޭޖެންސީތަކުން އަދި ކަމާގުޅޭ ފަރާތްތަކުން ދެމުންގެންދާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވެވި އެވެ.
މި މަޝްރޫއުތަކުގެ ސަބަބުން ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް އައު ކުރިއެރުންތަކެއް ލިބި، އިއާދަކުރަނިވި ހަކަތައިގެ ބޭނުން އިތުރުވެގެންދާނެކަމަށް ބެލެވެ އެވެ. އަދި މިކަމުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަވެ، ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ އުފެއްދުމަށް މަގުފަހިވެގެންދާނެ އެވެ.
މިނިސްޓަރ ޠާރިޤު އިބްރާހީމް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ފެނަކަ ފެނަކަ އެމްޑީ މުއާޒް މުހައްމަދު ރަޝީދު