ހިލޭ ގޯތި ދޫކުރުމުން ދައުލަތަށްވީ ގެއްލުން ބަލަނީ

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލެއިން ހިލޭ ގޯތި ދޫކުރުމުން ދައުލަތަށްވީ ގެއްލުން ބަލަން އޮޑިޓް ކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދުް އަންގައިފި އެވެ.

އެސްއެމްއީ ޑެވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ ޚާއްސަ އޮޑިޓެއް ހެދުމަށް އޮޑިޓާ ޖެނެރަލަށް މިއަދު އެކޮމިޓީން އަންގާފައި ވެއެވެ.

މި ދެ އޮޑިޓު ހެދުމަށް ހުށަހެޅުއްވީ ފުވައްމުލަކު އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ހަމަދު އަބްދުﷲ އެވެ. ހަމަދު ވަނީ 2019 ގެ މާޗު މަހުން ފެށިގެން އެމްޑީޕީ ސަރުކާރުން ވެރިކަން ކުރި އެންމެ ފަހު ދުވަހުގެ ނިޔަލަށް އެސްއެމްއީ (ކުދި އަދި މެދު ފަންތީގެ) ވިޔަފާރިތަކަށް ދޫކުރި ލޯންތަކުން ލިބުނު ގެއްލުން ބެލުމަށް ހުށަހަޅުއްވާފަ އެވެ.

މިކަން މިގޮތަށް ކުރިއަށްގެންދަނީ އެއްވެސް ގޮތަކުން ގޯތި ލިބުނު ފަރާތްތަކުގެ އަތުން އެގޯތިތައް ނެގުމަށްޓަކައި ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އަންނަ ދެ މަސް ދުވަހުގެ ތެރޭގައި އެ ދެ އޮޑިޓް ހަދަން އޮޑިޓް އޮފީހަށް އެންގުމަށް ކޮމިޓީގެ އިއްތިފާގުން ފާސްކޮށްފައި ވެއެވެ.

ބިންވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވާއިރު، ޖުމުލަ 9،003 ގޯތި ގުޅީފަޅާއި ގިރާވަރު ފަޅާއި ހުޅުމާލެއިން ދޫކުރަން ނިންމައިފައި ވެއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން 624 ގޯތި ދޫކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.

ރައްޔިތުންގެ މަޖިލިސް ބިންވެރިޔާ ސްކީމް އޮޑިޓާ ޖެނެރަލް މާލިއްޔަތު ކޮމެޓީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ