ދިވެހި ފިރިހެނަކަަށްވުރެ އަންހެނެއްގެ އުމުރު 7 އަހަރު ދިގު

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގައި އެވްރެޖް ގޮތެއްގައި އަންހެނެއްގެ އުމުރު ފިރިހެނަކަށްވުރެ 7 އަހަރު ދިގު ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ހާމަކޮށްފި އެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެމްޕީއޭއޯ) އިން ރޭ ބޭއްވި މޯލްޑިވްސް ފައިނޭންސް ފޯރަމްގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓިޝަން އައިޝަތު ހަސަން ހުށަހެޅުއްވި ޕްރެޒެންޓޭޝަންގައި ހާމަކުރެއްވި ގޮތުގައި އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީގެ މީޑިއަން އުމުރަކީ މިހާރު 80 އަހަރެވެ. އަންހެނެއްގެ އެވްރެޖް އުމުރު، ފިރިހެނެއްގެ އުމުރަށް ވުރެ ގާތްގަނޑަކަށް ހަތް އަހަރަށް ވުރެ ބޮޑު ކަމަށް ވެސް އައިޝަތު ހަަސަން ވިދާޅުވި އެވެ.

ފަހުގެ އަދަދުތަކުން އެގޮތަށް ހާމަވި ނަމަވެސް، މީގެ ކުރިން 1995 ގެ ކުރިން ދިވެހި އަންހެނުންނަށް ވުރެ ދިވެހި ފިރިހެނުންގެ އުމުރު ދިގު ކަމަށް އޭނާ ވިދާޅުވި އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2013 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ކުދިން ވިހެއުމުގެ ނިސްބަތް ފާހަގަކޮށްލެވޭ ވަރަށް ދަށަށް ގޮސްފައިވާއިރު، އެންމެ ފަހުން ކުރި ބޯހިމެނުމުގެ ނަތީޖާއަށް ބަލާއިރު ދަރިން ލިބުމުގެ ނިސްބަތް 1.7 ކުދިންނަށް ދަށްވެފައިވާ ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކަ އެވެ. މީގެ އިތުރުން ސްޓްރޯކާއި ކެންސަރު ފަދަ ބަލިތަކުގެ ސަބަބުން ޒުވާނުންގެ ތެރެއިން މަރުވާ މީހުންގެ އަދަދު ވެސް ވަނީ 2019 ވަނަ އަހަރުން ފެށިގެން އިތުރުވެފައި ކަމަށް ތަފާސް ހިސާބާއި ބެހޭ ބިއުރޯއިން މައުލޫމާތުދިނެވެ.

”އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ދިވެހިންގެ އާބާދީގެ 50 އިންސައްތަ މީހުންނަކީ އުމުރުން 30 އަހަރުން ދަށުގެ މީހުން. މިއީ ވެސް މުސްކުޅިވަމުންދާ އާބާދީއެއް ކުރިއަރަމުންދާ ކަމުގެ ނިޝާނެއް“

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އަންހެނުންގެ އުމުރު ދުވަސް ފިރިހެނުންނަށް ވުރެ ބޮޑު ނަމަވެސް، މިގައުމުގެ އުމުރުން ދުވަސްވީ މީހުންގެ އާބާދީ ވެސް ވަރަށް ބޮޑަށް އިތުރުވަމުން އަންނައިރު، ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2054 ވަނަ އަހަރުގެ ނިޔަލަށް އުމުރުން ދުވަސްވީ މީހުންގެ އާބާދީ ގިނަ ވާނެ އެވެ.

ބިއުރޯއިން އިތުރަށް ލަފާކުރާ ގޮތުގައި 2054 ވަނަ އަހަރަށް އަންނައިރު ދިވެހިންގެ އާބާދީގެ 43 އިންސައްތަ ބިދޭސީން ހިއްސާ ކުރާނެ އެވެ. އޭރަށް ރާއްޖޭގެ އާބާދީގެ ދިހަ މީހުންގެ ތެރޭގައި ހަތަރު ބިދޭސީ މީހަކު ހިމެނޭނެ ކަމަށް ބިއުރޯއިން ލަފާކޮށްފައި ވެއެވެ.

ކުރިމަގުގައި ރާއްޖޭގެ ޖުމްލަ އާބާދީގެ 64 އިންސައްތަ މާލެ ސަރަހައްދަށް ޖަމާވާނެ ކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ