ތަރައްޤީގެ ޕްރޮޖެކްޓްތަކަށް ފައިނޭންސް ހޯދުމަށް ޗައިނާގެ އެގްޒިމް ބޭންކާ މަޝްވަރާކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ހާރިޖީ ވަޒީރު މޫސާ ޒަމީރު ޗައިނާގެ އެގްޒިމް ބޭންކާއި މަޝްވަރާކޮށްފި އެވެ.

ޒަމީރު އެގްޒިމް ބޭންކާއި ބައްދަލުކުރެއްވީ މިހާރު ޗައިނާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒަމީރު ވަނީ ޗައިނާގެ ބެއިޖިންގައި ޗައިނާގެ އެގްޒިމް ބޭންކުގެ ޗެއާމަން ވޫ ފުލިން އާއި އިއްޔެ ބައްދަލުކުރެއްވި ކަމަށް ހާމަކުރައްވާފަ އެވެ.

ވަޒީރު ވިދާޅުވީ މި ބައްދަލުވުމުގައި މާލީ އަދި އިގްތިސާދީ އެންމެ ފަހުގެ މައުލޫމާތާއި، ރައީސް ޑރ. މުހައްމަދު މުއިއްޒު  އިއުލާން ކުރެއްވި މާލީ އިސްލާހީ ޕްރޮގްރާމްގެ މައުލޫމާތު ހިއްސާކުރެއްވި ކަމަށެވެ. އަދި މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ ތަރައްގީގެ މުހިންމު މަޝްރޫއުތަކަށް ފައިނޭންސް ކުރުމާއި ކުރިއަށް އޮތްތަނުގައި ޗައިނާއާއި ގުޅިގެން ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން ކަމަށް ޒަމީރު ވިދާޅުވި އެވެ.

ޗައިނާގެ މެމްބަރ އޮފް ދަ ޕޮލިޓިކަލް ބިއުރޯ އޮފް ދަ ސީ.ޕީ.ސީ ސެންޓްރަލް ކޮމިޓީ، ޑިރެކްޓަރ އޮފް ދަ އޮފީސް އޮފް ދަ ސެންޓްރަލް ކޮމިޝަން ފޮރ ފޮރިން އެފެއާޒް އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ވަންގ ޔީ ގެ ދައުވަތަކަށް، މި މަހުގެ 19 ން 24 ށް ޗައިނާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، ޒަމީރު ޗައިނާއަށް ފުރާވަޑައިގަތީ ހުކުރު ދުވަހުގަ އެވެ.

މި ދަތުރުފުޅަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެ ގައުމުގެ ލީޑަރުން މަޝްވަރާކުރެއްވި ކަންކަމާއި، އެއްބަސްވެވަޑައިގެންފައިވާ ކަންކަން ތަންފީޒުކޮށް ހަލުވި ދުވެލީގައި ކުރިޔަށްގެންދިއުމަށްޓަކައި، ދެ ސަރުކާރު ދެމެދު މަޝްވަރާކުރުމަށްޓަކައި ކުރައްވާ ދަތުރުފުޅެކެވެ.

ހާރިޖީ ވަޒީރުގެ މި ދަތުރުފުޅުގައި، މިނިސްޓަރ އޮފް ފިނޭންސް، ޑރ. އަހްމަދު ޝަފީގު އަދި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބްގެ އިތުރުން ސަރުކާރުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެ އެވެ.

 

ރާއްޖެ - ޗައިނާ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ