ވަގުން ހިފޭނީ ސްމާޓް ވެގެން، ރައީސް ފޮނުވަނީ ސްމާޓް ޤާނޫނު

Advertisement

Advertisement

އެންމެ ފަސް

Advertisement

މިހާރު ވަގުން ހިފޭނީ ސްމާޓް ވެގެން ކަމަށާއި، ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުވަނީ ސްމާޓް ޤާނޫނު ކަމަށް ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާޙިމް ނަސީމް ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނަސީމް ވިދާޅުވީ ކުށްވެރިން މިހާރު ކުށަށް އަރަިއގަންނަނީ މީގެކުރިން އެކަން ކުރަމުންއައި ގޮތަށް ނޫން ކަމަށެވެ. އެގޮތުން ވައްކަން ކޮށް ފައިސާ ފޭރުން މީހުން މިހާރު އެމަސައްކަތް ކުރަނީ ކޯޓޫފަޓުލޫނުގައި ތިބެކަމަށް ނަސީމު ވިދާޅުވި އެވެ.

ވަގުން މިހާރު ވައްކަން ކުރާގޮތް ބަދަލުކޮށްފައިވާ ކަމަށާއި އެމީހުން ހިފާހައްޔަރު ކުރެވޭނީ އެމީހުން އެކަން ކުރަމުންދާ ގޮތަށް ޤާނޫނުތައްވެސް ބަދަލުކޮށްގެން ކަމަށް ނަސީމު ވިދާޅުވިއެވެ.

”އަޅުގަނޑުމެން ދެންޖެހޭނީ އެއަށްވުރެއް ސްމާޓްވާން. އެކަމަށްޓަކާ ސްމާޓް ރައީސުލްޖުމްހޫރިއްޔާ ސްމާޓް ޤާނޫނު މިފޮނުވަނީ.“

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އަދި އެހެންވެސް ޤާނޫނުތަކަށް މިހާރު ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރެއިން ސައިބަ ކްރައިމް ކުރާ މީހުންގެ މައްސަލަތައް ބެލޭނެކަން ފާހަގަ ކުރެއްވި އެވެ.

ނަސީމް ވިދާޅުވީ މިހާރު ކުށްތަކަށް އަރައިގަންނަނީ އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ކަމަށާއި ފޯނާއި އީމެއިލް މެދުވެރިކޮށް ހިންގާ ކުށްތައް އިތުރުވެފައިވާކަމަށެވެ. އެހެންކަމުން އެފަދަ ކަންކަމުގައި އިލޮކްޓްރޯނިކް ހެކިބަސް ނެގޭނެގޮތް އިސްލާހު ގެންނަންޖެހޭކަން ފާހަގަކުރެެއްވިއެވެ.

 

ރައްޔިތުންގެ މަޖިލިސް ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ