ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުންދިޔަ ދެ ބިދޭސީއަކު އަތުލައިގެންފި

Advertisement

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް އިމިގްރޭޝަނުން އިއްޔެ ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުންދިޔަ ދެ ބިދޭސީއަކު އަތުލައިގެންފި އެވެ.

އިމިގްރޭޝަނުން ބުނީ، ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން، އިއްޔެ މާލޭގެ 02 ތަނެއް ބަލައި ފާސްކުރި ކަމަށެވެ. އަދި، މީގެތެރެއިން އެއް ތަނަކީ ގަވާއިދާ ހިލާފަށް ކާބޯތަކެތީގެ ވިޔަފާރި ކުރަމުންދާ ތަނެއް ކަމަށް ”އިމިގްރޭޝަން ވޮޗް“ އަށް ލިބުނު މައުލޫމާތާއި ގުޅިގެން ބަލައި ފާސްކުރެވުނު ތަނެއް ކަމަށާއި، އެތަނުގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީ އަންހެނަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަންއިން ބުނެފައިވެ އެވެ.

މީގެ އިތުރުން ރޭވެސް ހުޅުމާލޭގައި ބިދޭސީން ވިޔަފާރިކުރަމުންދިއަ ތަނެއް އިމިގްރޭޝަނުން ވަނީ ބަލައި ފާސްކޮށްފަ އެވެ. އަދި، އެތަނުން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ ބިދޭސީ ފިރިހެނަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ގަވާއިދާ ހިލާފަށް ވިޔަފާރިތަކުގައި ޝާމިލުވާ ބިދޭސީން ހޯދުމަށް މިފަހުން ފެށި ހާއްސަ އޮޕަރޭޝަންގެ ދަށުން، މިހާތަނަށް 60 އަށް ވުރެ ގިނަ ތަންތަން ބަލާ ފާސްކޮށް 125 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.

”އިމިގްރޭޝަން ވޮޗް“ އަކީ، އިމިގްރޭޝަނާއި ގުޅޭ މައްސަލަތައް 24 ގަޑިއިރުގެތެރޭގައި އިމިގްރޭޝަނަށް ފޮނުވޭ ގޮތަށް ފަރުމާކޮށްފައިވާ އޮންލައިން ޕްލެޓްފޯމެކެވެ.

އިމިގްރޭޝަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ