ޤާނޫނުތައް އިސްލާހު ކުރާނީ ރައްޔިތުންގެ ހައްޤުތައް ކަށަވަރުކުރެވޭނެ ގޮތަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

މި ސަރުކާރުން ޤާނޫނުތައް އިސްލާހުކުރާނީ ރައްޔިތުންގެ ހައްޤުތައް ކަށަވަރުކުރެވޭނެ ގޮތަށް ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ ސައިބާ ކްރިމްތައް އިތުރުވެފައިވާ ކަމަށާއި އެގޮތުން ބޭންކް އެކައުންޓްތަކުގައި ހުންނަ ފައިސާ ވަގަށް ނަގާ މައްސަލަތައް ފާއިތުވި 5 އަހަރު އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ސްކޭމް މެދުވެރިކޮށް ފައިސާ ގެއްލުމުން ފުލުހުން އަދި ބޭންކުން އެކަމަށް ޒިންމާ ނުވާކަން ފާހަގަ ކުރައްވާ ފަލާހު ވިދާޅުވީ މި ސަރުކާރުން ބޭނުންވަނީ މިފަދަ ކުށްތައް ހިންގުމުން ފުރިހަމަ ތަހުގީގެއް ކުރެވޭނެ ނިޒާމެއް ގާއިމު ކުރުމަށް ކަމަށެވެ. ފަލާހު ވިދާޅުވީ މިހާރު ޤާނޫނެއް އިސްލާޙު ކުރާއިރު، ރައްޔިތުންނަށް ކުރިމަތިވާ މިފަދަ ތަކުލީފުތަކުގައި ލިބޭ ގެއްލުންތަކުގައި ރައްޔިތުންގެ ހައްޤުތައް ކަށަވަރު ކުރެވޭނެ ގޮތަށް ނިޒާމުތައް ކަނޑައެޅުމަށް އިސްލާހުތަކުގައި ބަލާނެ ކަމަށެވެ.

މިދިޔަ މަޖިލީހުގައި އެއްކޮށްވެސް ދެއްކީ އިސްލާހުގެ ވާހަކަ ކަމަށާއި އެހެންނަމަވެސް އެއްވެސް ރަނގަޅު އިސްލާހުތަކެއް ގެނެސްފައި ނެތްކަމަށް ފަލާހު ފާހަގަ ކުރެއްވި އެވެ. އެގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަން އެކުލެވޭގޮތް އިސްލާހު ކުރުމުގެ ވާހަކަވެސް މިދިޔަ މަޖިލީހުން ކެނޑިނޭޅި ދެއްކި ކަމަށާއި އެކަންވެސް ނުކުރާކަން ފަލާހު ފާހަގަ ކުރެއްވި އެވެ.

20 ވަނަ މަޖިލީހުން މިހާތަނަށް ކުރި މައްސައްކަތުންވެސް ޤާނޫނުތަކަށް ގެންނަ އިސްލާޙުތަކާއި ފާސްކުރާ ޤާނޫނުތަކުން ރައްޔިތުންނަށް ވަރަށް ބޮޑެތި ފައިދާ ކުރާނެ ކަމަށްވެސް ފަލާހު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ