އިބޫގެ އެމެރިކާ ދަތުރުގެ ރަސީދުތައް ހާމަކުރަން ނުޖެހޭ: ދައުލަތް

Advertisement

Advertisement

އެންމެ ފަސް

Advertisement

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް 2022 ވަނަ އަހަރު އދ. ގައި ތަގުރީރު ކުރެއްވުމަށް ކުރެއްވި ދަތުރުފުޅުގެ ރަސީދުތައް ހާމަކުރަން ހައިކޯޓުން އެންގީ ގޯސްކޮށް ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި ބުނެފި އެވެ.

އދ. ގައި ތަގުރީގު ކުރެއްވުމަށް ކުރީގެ ރައީސް ސޯލިހް އެމެރިކާއަށް ދަތުރުކުރެއްވީ 2022 ވަނަ އަހަރު އެވެ.

މިދަތުރުގެ ރަސީދުތައް ހިމެނޭގޮތަށް ތަފުސީލުތައް ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރު އެންގި އެންގުމަށް ހައިކޯޓުން މިދިޔަ އަހަރު ވަނީ ތާއީދު ކޮށްފަ އެވެ. ހައިކޯޓުގެ ނިންމުން ބަންޑާރަނައިބުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ ކުރީ ސަރުކާރުގަ އެވެ. އެ މައްސަލައިގެ އަޑުއެހުން މިއަދު ސުޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސްފައިވާއިރު ދައުލަތުން ކޯޓުގައި ބުނެފައިވަނީ، ދަތުރުގެ ހަރަދުތައް ރަސީދާއެކު ހާމަކުރުމަށް ހައިކޯޓުން ނިންމާފައިވާ ނިންމުމަކީ ގާނޫނާ އެއްގޮތަށް ނިންމި ނިންމުމެއް ނޫން ކަމަށެވެ.

ރަސިދާ ނުލާވެސް އެ މައުލޫމާތު ހާމަކުރެވިދާނެ ކަމަށާއި، އެގޮތުން މައުލޫމާތު ހާމަކުރުމުންވެސް އެކަމަށް ހައިކޯޓުން ރިއާޔަތް ކޮށްފައި ނުވާކަން ބަންޑާރަނައިބުގެ އޮފީހުން ސުޕްރީމް ކޯޓުގައި ފާހަގަ ކޮށްފައިވެ އެވެ. ދައުލަތުން ސުޕްރީމް ކޯޓުގައި އެދިފައިވަނީ ރަސީދުތައް ހާމަކުރުމަށް ހައިކޯޓުން ނިންމި ނިންމުން ބާތިލު ކުރުމަށެވެ.

ދައުލަތުގެ ވާހަކަތަކަށް ރައްދުދީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކޯޓުގައި ބުނެފައިވަނީ، ރަސީދުތައް ހާމަނުކުރެވޭނެ ކަމަށް އޭރު އަންގާފައިވަނީ އޭގައި ޒާތީ މައުލޫމާތުތަކެއް ހިމެނޭތީ ސަލާމަތީ ސަބަބުތަކަށްޓަކައިކަމަށް އޭރު ބުނެފައިވާ ކަމަށެވެ. އަދި ޒާތީ މައުލޫމާތެއް ހިމެނޭނަމަ އެކަން އުނިކުރުމަށްފަހު އެ މައުލޫމާތު ހިއްސާކުރުމަށް އެދިފައިވާކަންވެސް ފާހަގަ ކޮށްފައިވެ އެވެ. އަދި ރަސީދަކީ މައުލޫމާތެއް ކަމަށް ނުބެލެވޭ ސަބަބެއް ދައުލަތަށް ބުނެދެވިފައި ނުވާ ކަމަށްވެސް ބުނެފައިވެ އެވެ.

މިއަދުގެ އަޑުއެހުން ސުޕްރީމް ކޯޓުން ނިންމާލީ މި މައްސަލައިގައި އިތުރު އަޑުއެހުމެއް ބާއްވާނެކަން ހާމަކުރެއްވުމަށްފަހު އެވެ. ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު، ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ