”ރައްޔިތުން ގަރުދިޔަ ކާންޖެހޭ ހިސާބަށް ފޮނުވާލީ މިދިޔަ ސަރުކާރުން“

Advertisement

Advertisement

އެންމެ ފަސް

Advertisement

ރައްޔިތުން ނިކަމެތި ހާޅުގައި ގަރުދިޔަ ކާންޖެހޭ ހިސާބަށް ފޮނުވާލީ ކުރީގެ ސަރުކާރުން ކަމަށް ވިދާޅުވެ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ޤާސިމް އިބްރާޙިމް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުގެ މަގާމުން އަލީ ހާޝިމް ވަކިކުރުމުގެ މައްސަލައިގެ ބަހުސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މި ބަހުސްގައި ވާހަކަ ދައްކަވަމުން އެމްޑީޕީއަށް ނިސްބަތްވާ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަން ނިންމަނާލެއްވިއިރު، އިގްތިސާދީ ހާލަތު ހުރީ ރަނގަޅަށް ކަމަށާއި އާމްދަނީވެސް ރަނގަޅަށް ލިބެމުންދިޔަ ކަމަށެވެ. އެހެންނަމަވެސް މިއަދު އިގްތިސާދަށް އަންނަ ބަދަލުތަކަކީ ކުރީގެ ސަރުކާރުތަކުން ޒިންމާވާންޖެހޭނެ ކަމެއް ނޫންކަމަށާއި، މިއީ ސަރުކާރުގެ ހަރަދުތައް ބޮޑުވެ އިގްތިސޯދު ފޫނުބެއްދިގެން ދިމާވާ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.

އަބްދުލްޣަފޫރުގެ ވާހަކަތަކާއި ގުޅިގެން ނިޒާމީ ނުކުތާ ނަންގަވާ މަޖިލީހުގައި ވާހަކަ ދައްކަވަމުން ޤާސިމް ވަނީ، ރާއްޖޭގެ އިގްތިސާދު ދަށަށް ދިޔައީ މިސަރުކާރުން ކުރި ކަމަކުން ކަމަށް ބުނުމަކީ ކަނޑައެޅިގެން ދޮގެއްކަމަށް ވިދާޅުވެ އެ ވާހަކަތަކަށް ރައްދު ދެއްވާފައެވެ. އަދި ޤާސިމް ވިދާޅުވީ ދައުލަތުގެ މާލީ ހާލަތު މިހާތަނަށް އައީ ކުރީގެ ސަރުކާރުތަކުން ނެގި ލޯނުތަކާއި ބޮޑުކުރި ދަރަނީގެ ސަބަބުން ކަމަށެވެ.

”މިއަދު، ދިވެހި ރައްޔިތުން އިނދަ ޖައްސާލާ، ނިކަމެތި ހާލުގައި ގަރުދިޔައާ ބަތާ ކާންޖެހޭ ހިސާބަށް ފޮނުވާލީ މިދިޔަ ސަރުކާރުން“

ޤާސިމް ވިދާޅުވީ މައިގަނޑު ގޮތެއްގައި ކުރީގެ ރައީސް ސޯލިހްގެ ސަރުކާރުން އެކަމުގެ ޒިންމާ ނަގަންޖެހޭނެ ކަމަށެވެ. މިދިޔަ ސަރުކާރުގައި ދައުލަތުގެ ކުންފުނިތައް ދަރުވާލީ އިންތިހާ ދަރަޖައަށް ކަމަށްވެސް ޤާސިމް ވިދާޅުވި އެވެ. އަދި ކުރީ ސަރުކާރުން ކުންފުނިތައް މެދުވެރިކޮށް ޕްރޮޖެކްޓުތައް ހިންގާފައިވަނީ ބޮޑު އަގުގައި ކަމަށްވެސް ތުހުމަތު ކުރެއްވި އެވެ.

ރާއްޖެ މިހާލަތުގައި އޮތީ ކުރީ ސަރުކާރުން ރާއްޖެ މިހާލަތަށް ވައްޓާލުމުން ކަމަށާއި، ހިތިބޭހެއް ބޯންޖެހުނަސް އެ ފިޔަވަޅުވެސް އަޅަންޖެހޭ ކަމަށް ޤާސިމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސް ރާއްޖޭގެ އިގްތިސާދީ ހާލަތު ގާސިމް އިބްރާހިމް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ