ޖޫން މަހު އިޒްރޭލުގެ 80 ވަރަކަަށް ފަތުރުވެރިން ރާއްޖެ އައިސްފައިވޭ

Advertisement

Advertisement

އެންމެ ފަސް

Advertisement

ޖޫން މަހު އިޒްރޭލުން 80 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ރަސްމީ ތަފާސް ހިސާބުތަކުން ހާމަވެއްޖެ އެވެ.

ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ މައްސަލައިގައި އިޒްރޭލުގެ ޕާސްޕޯޓް މަނާކުރުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް ގެނައުމަށް ކެބިނެޓުން ނިންމީ މިއަހަރުގެ ޖޫން މަހުގެ ދެވަނަ ދުވަހު އެވެ.

އިޒްރޭލުގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޖަރީމާގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ 38،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ.

އިޒްރޭލުގެ ޕާސްޕޯޓް މަނާކުރަން ކެބިނެޓުން ނިންމިކަން އިއުލާން ކުރީ އެޓާނީ ޖެނެރަލް އާއި ހަތަރު ވަޒީރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. އެކަމަށްޓަކައި ވަޒީރުންގެ ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެކަމަކު އިޒްރޭލުގެ ޕާސްޕޯޓް ހިފައިގެން ޒިޔާރަތްކުރާ ފަރާތްތަކަށް އެ ނިންމުން ތަންފީޒު ނުކޮށް އެތެރެވުމުގެ ހުއްދަ ސަރުކާރުން ދެމުން އަންނަތާ ގާތްގަނޑަކަށް ދެ މަސް ދުވަސް ވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާދީއްތަ ދުވަހު ޝާއިއުކުރި ޖޫން މަހުގެ ފަތުރުވެރިންގެ އަދަދުން ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖެއަށް ޒިޔާރަތްކުރި އިޒްރޭލުގެ ފަތުރުވެރިންގެ އަދަދަކީ 82 އެވެ.

ސަރުކާރުން މިގޮތަށް ނިންމުމުން ބައިނަލްއަގްވާމީ މީޑިއާގެ ސަމާލުކަން ލިބި، ރާއްޖެއަށް ދަތުރު ނުކުރުމަށް އިޒްރޭލުގެ ރައްޔިތުންނަށް ނަސޭހަތް ދިނުމަށް ބާރުއެޅި ނަމަވެސް ޑުއަލް ސިޓިޒަންޝިޕް އޮންނަ އިޒްރޭލުގެ ފަތުރުވެރިން ރާއްޖެއަށް އަންނަމުންދެ އެވެ.

އެމްޑީޕީ އިން ވަނީ 19 ވަނަ މަޖިލީހުގައި އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފަ އެވެ. ސަރުކާރަށް ތާއީދުކުރާ މަޖިލިސް މެންބަރުންގެ ވޯޓާއެކު އެ ބިލް ބަލައިގަނެ ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީ، (241 ކޮމިޓީ)އަށް ފޮނުވާފައި ވެއެވެ. އެކަމަކު އޭގެ ފަހުން ބިލުގެ މަސައްކަތް ވަނީ ހުއްޓިފަ އެވެ.

ސަރުކާރުން އެގޮތަށް ނިންމި ފަހުން ބަންޑާރަ ނައިބު އަހުމަދު އުޝާމް ހުށަހެޅުއްވީ އިޒްރޭލުގެ  ޕާސްޕޯޓް އޮންނަ މީހުން ރާއްޖެއަށް ވަނުން މަނާކުރުމުގެ ”ބްލެންކެޓް ބޭން“ މަނާކުރަން ނިންމި ނިންމުމުގައި އަލުން ވިސްނާލަން ޖެހޭ ކަންކަން އެބަހުރި ކަމަށެވެ.

 

 

ރާއްޖެ - އިޒްރޭލް ރާއްޖެ - ފަލަސްތީން މިނިސްޓްރީ އޮފް ޓޫރިޒަމް ފަތުރުވެރިކަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ