ވާޑްގައި ފަރުވާދެމުންދިޔަ ޕޮލިސް ކޮލެޖް ދަރިވަރު ދޫކޮށްލައިފި އެވެ.
ފުލުހުން ބުނީ އައްޑޫ އީކެއުޓޯރިއަލް ހޮސްޕިޓަލް އައިސީޔޫގައި ފަރުވާދެމުންދަނިކޮށް މިއަދު ވާޑަށް ބަދަލުކުރި ދަރިވަރު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. ކާނާ ވިހަވުމުގެ ސަބަބުން ބޮޑުވަރުވެގެން އައިސީޔޫގައި އެޑްމިޓް ކުރި ހުރިހާ ދަރިވަރުންގެ ހާލު މިހާރު ރަނގަޅުއިރު އައިސީޔޫގައި އެންމެ ފަހުން ފަރުވާ ދެމުންދިޔަ ދެ ކުދިންގެ ހާލުވެސް އަންނަނީ ރަނގަޅުވަމުން ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
ބުދަ ދުވަހު ހޮސްޕިޓަލުން ފަރުވާދެމުންދިޔަ ދެ ދަރިވަރުން ފިޔަވާ އެހެން ހުރިހާ ދަރިވަރުން ވަނީ ޑިސްޗާޖް ކޮށްފަ އެވެ.
އައްޑޫ ސިޓީގައި ހުންނަ ފުލުހުންގެ ހިދުމަތުގެ ކޮލެޖުގައި ކިޔަވަމުންދިޔަ ދަރިވަރުންތަކެއް ކާނާ ވިހަވެގެން ހޮސްޕިޓަލަށް ގެންދިޔައީ ބުދަ ދުވަހުގެ ވަގުތެއްގަ އެވެ. އޭގެތެރެއިން ފަސް ދަރިވަރަކު އައިސީޔޫގައި އެޑްމިޓްކޮށް ފަރުވާވެސް ދީފައިވެ އެވެ.