ޒިފްލީނާ ދަރިފުޅުގެ ނަމުގައިވެސް ފްލެޓެއް ގަނެފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ނިމިދިޔަ ސަރުކާރުގައި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމު ފުރުއްވި ޒިފްލީނާ ހަސަން އޭނާގެ ދަރިފުޅުގެ ނަމުގައި އިތުރު ފްލެޓެއް ގަނެފި އެވެ.

ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ހަގު އަނބިކަނބަލުން ޒިފްލީނާ، އޭނާގެ ދަރިފުޅުގެ ނަމުގައި ވެސް ހުޅުމާލެ އިން 3.8 މިލިއަން ރުފިޔާއަށް ފްލެޓެއް ގަނެފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ.

ޒިފްލީނާ ފްލެޓް ގަނެފައިވަނީ އޭނާގެ ދަރިފުޅު އާއިޝަތު މިސްކުގެ ނަމުގައި ކަމަށް ”ދިޔަރެސް“ އިން ރިޕޯޓްކޮށްފައި ވެއެވެ. އޭނާ ގަނެފައިވަނީ ބްލޫ ހެވަން ރެސިޑެންސްގައި ތަރައްގީ ކުރި ފްލެޓެކެވެ. 3.2 މިލިއަނަށް ވިއްކާ ފްލެޓް ޒިފްލީނާގެ ދަރިފުޅު 3.8 މިލިއަނަށް ގަތީ ފްލެޓަށް ބޭނުންވާ ބައެއް ބަދަލުތައް ފްލެޓް އެޅި އާރްސީސީ ކުންފުނިން އެބަދަލުތައް ގެނައުމަށްފަހު ކަމަށް ދިޔަރެސް އިން ރިޕޯޓްކުރި އެވެ.

އޭނާ މި ފްލެޓަށް ފައިސާ ދައްކާފައިވަނީ އެމްޑީޕީ ވެރިކަމުގައި 2022 ވަނަ އަހަރުގައި ސްޓޭޓް މިނިސްޓަރުގެ މަގާމު ފުރަމުންދިޔައިރު އެވެ. އޭގެ ކުރިން އޭނާ ވަނީ  އެފްޑަބްލިއު ރެސިޑެންސް އިން 3.5 މިލިއަން ރުފިޔާގެ ފްލެޓެއް ގަނެފަ އެވެ. އެ ފްލެޓް ގަނެފައިވަނީ ކިހިނެއްކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިހާރު ދަނީ ތަހުގީގު ކުރަމުން ނެވެ.

މިކަމާއި ބެހޭގޮތުން އެކްސްގައި ހިޔާލު ފާޅުކުރައްވަމުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ވަނީ ހުޅުމާލޭގެ ލަގްޒަރީ އެޕާޓްމެންޓަކުގެ ވެރިންގެ ލިސްޓެއް ހޯދާ އޭސީސީން ތަހުގީގެއް ހިންގުމަށް ގޮވާލައްވާފަ އެވެ.

 

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ