ޓިކްޓޮކް ލައިވެއްގައި ހިނގި ޖުވާބަކާ ގުޅިގެން މާލޭގައި ދެމީހެއްގެ ދެމެދު ހަމަނުޖެހުމެއް ހިންގައިފި އެވެ.
ފުލުހުން މިއަދު ބުނީ ޓިކްޓޮކް ލައިވްއެއްގައި ދެބަސްވުމެއް ހިނގީ މިއަދު ހެނދުނުގައި ކަމަށެވެ.
މި ދެބަސްވުމުގައި މާފަންނު ގެއަކަށް ވަދެ ހަމަނުޖެހުން ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ކަމަށް އެ މުއައްސަސާއިން ބުނެފައި ވެއެވެ.
އެމީހުން މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.