ޗައިނާގެ ސީއެމްއީސީއާއި އުފެއްދުންތެރި މަޝްވަރާތަކެއް ކުރިއަށްގެންގޮސްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) ގެ ޗެއާމަން  ވަންގް ބޯއާ އެކު މިއަދު އުފެއްދުންތެރި މަޝްވަރާއެއް ބާއްވަވައިފި ކަމަށް ހާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ޒަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިގޮތަށް ވިދާޅުވީ މިހާރު ޗައިނާއާއި ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ އަދާހަމައެއް ހިއްސާ ކުރައްވަމުން ނެވެ.

ރާއްޖޭގެ ތަރައްގީއަށް، ހާއްސަކޮށް އިޖްތިމާއީ ބޯހިޔާވަހިކަމާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން، ރާއްޖޭގެ ތަރައްގީއަށް މިހާރުވެސް ޗައިނާއިން އެއްބާރުލެއްވުން ދޭ ކަން ވަޒީރު ފާހަގަކުރެއްވި އެވެ.

މިހާރު ދިވެހި ސަރުކާރުން އިންތިޒާރު ކުރަނީ ރަސްމާލެ އަދި ގުޅީފަޅު ޕްރޮޖެކްޓްތަކުގައި އެއްބާރުލުން ކުރިއަށް ގެންގޮސް، ސީއެމްއީސީއާއެކު ދެގައުމުގެ ޕާޓްނަޝިޕް ހަރުދަނާ ކުރުމަށް ކަމަށް ވަޒީރު ވިދާޅުވި އެވެ.

ޗައިނާގެ މެމްބަރ އޮފް ދަ ޕޮލިޓިކަލް ބިއުރޯ އޮފް ދަ ސީ.ޕީ.ސީ ސެންޓްރަލް ކޮމިޓީ، ޑިރެކްޓަރ އޮފް ދަ އޮފީސް އޮފް ދަ ސެންޓްރަލް ކޮމިޝަން ފޮރ ފޮރިން އެފެއާޒް އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް،  ވަންގ ޔީ ގެ ދައުވަތަކަށް، މި މަހުގެ 19 ން 24 އަށް ޗައިނާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، ޒަމީރު ޗައިނާއަށް ފުރާވަޑައިގަތީ ހުކުރު ދުވަހުގަ އެވެ.

މި ދަތުރުފުޅަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެ ގައުމުގެ ލީޑަރުން މަޝްވަރާކުރެއްވި ކަންކަމާއި، އެއްބަސްވެވަޑައިގެންފައިވާ ކަންކަން ތަންފީޒުކޮށް ހަލުވި ދުވެލީގައި ކުރިޔަށްގެންދިއުމަށްޓަކައި، ދެ ސަރުކާރު ދެމެދު މަޝްވަރާކުރުމަށްޓަކައި ކުރައްވާ ދަތުރުފުޅެކެވެ.

ހާރިޖީ ވަޒީރުގެ މި ދަތުރުފުޅުގައި، ޗައިނާގެ ހާރިޖީ ވަޒީރު ވަންގ ޔީ އާ ބައްދަލުކުރައްވައި، ދެ ގައުމު ދެމެދު ރަސްމީ މަޝްވަރާ ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން، ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރު ކުރުމާ ގުޅޭގޮތުން، ޗައިނާ ސަރުކާރުގެ އިސްވެރިންނާ ބައްދަކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެއިތުރުން، ރާއްޖޭގެ ތަރައްގީގެ މަސައްކަތްތަކުގައި ހިއްސާވާ ޗައިނާ ސަރުކާރުގެ މައި ކުންފުނިތަކާ ބައްދަލުކުރައްވައި، މިހާރު ކުރިއަށްދާ މަޝްރޫއުތަކާގުޅޭ އަދާހަމަ ހިއްސާކުރެއްވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ. މި ދަތުރުފުޅުން، ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށް، ރާއްޖޭގެ ތަރައްގީއަށްޓަކައި ޗައިނާއިން ވެދެއްވާ އެހީތެރިކަން ފާހަގަކޮށް އެ ގުޅުން އިތުރުކުރުމަށްޓަކައި ދެ ގައުމުން އެކުގައި ކުރަމުންގެންދާ މަސައްކަތްތައް ހާމަވެގެންދާނެ ކަމަށް ހާރިޖީ ވުޒާރާއިން ބުންޏެވެ.

ހާރިޖީ ވަޒީރުގެ މި ދަތުރުފުޅުގައި، މިނިސްޓަރ އޮފް ފިނޭންސް، ޑރ. އަހްމަދު ޝަފީގު އަދި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބްގެ އިތުރުން ސަރުކާރުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެ އެވެ.

ރާއްޖެ - ޗައިނާ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ