މޭލޭގައި ހުންނަ ކޭއެފްސީ ރެސްޓޯރެންޓްގެ ބިއްލޫގަނޑެއް ތަޅާލި މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދަށް 30 ދުވަސް ޖަހައިފި އެވެ.
ކޭއެފްސީގެ ބިއްލޫރިގަނޑެއް ތަޅާލާފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. މި މައްސަލައިގައި ފުލުހުން އިއްޔެ ވަނީ ކޯޓު އަމުރެއްގެ ދަށުން 48 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފަ އެވެ.
އެމީހާގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ އޭނާގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ދީފަ އެވެ.
މިފަހުންވެސް ބަޔަކު ވަނީ ކޭއެފްސީގެ ބިއްލޫރިގަނޑެއް ތަޅާލާފަ އެވެ. އެ މައްސަލައިގައި އަދި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައެއްނުވެ އެވެ.