އާޓިސްޓުންނަށް 25 މިލިއަންގެ ބަޖެޓެއް ހާއްސަކުރަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

އާޓިސްޓުންގެ މަސައްކަތްތައް ކުރިއެރުވުމަށް، ޔޫތް މިނިސްޓްރީގެ ބަޖެޓުން 25 މިލިއަން ރުފިޔާ ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީއިން އިންތިޒާމްކޮށްގެން ނޭޝަނަލް އާޓް ގެލަރީގައި ކުރިއަށްގެންދާ ”އަންވެއިލިންގ ވިޜަންސް 2024“ މައުރަޒު ބައްލަވައިލެއްވުމަށްފަހު ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ސަރުކާރުން އާޓިސްޓުންގެ ހުނަރު ތަރައްޤީކުރުމަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށެވެ. އެގޮތުން އަންނަ އަހަރުން ފެށިގެން ސަރުކާރުގެ ބަޖެޓުގެ ތެރެއިން އާޓިސްޓުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެކަން ފާހަގަ ކުރެއްވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ޔޫތް މިނިސްޓްރީގެ ބަޖެޓުގެ ތެރެއިން، އާޓިސްޓުންނަށް ދޫކުރުމަށް ކަނޑައެޅޭ އުސޫލެއްގެ ތެރެއިން 25 މިލިއަން ރުފިޔާ ކޮންމެ އަހަރަކު ވެސް ހަމަޖައްސައިދެއްވާނެ ކަމަށެވެ. އަދި މިދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަތަކަށ،ް ސަރުކާރުގެ އެކި ޕްރޮގްރާމުތަކާއި، އަމިއްލަ ފަރާތްތަކުގެ އެހީގައި ފުރުސަތު ފަހިކޮށްދެއްވާނެކަމަށްވެސް ވިދާޅުވި އެވެ.

އާޓިސްޓުންގެ ހުނަރުތައް ދެއްކުމުގައި މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ، އާޓިސްޓުންގެ މައުރަޒުތައް ބޭއްވުމަށް ބޭނުންވާ ޖާގަ އިތުރުކޮށްދެއްވާނެ ކަމަށެވެ. އެގޮތުން ނެޝަނަލް އާޓު ގެލަރީގެ ޖާގަ އިތުރުކޮށް، ހުޅުމާލެއިންވެސް ބޮޑު ޖާގައެއް ހަމަޖައްސައިދެއްވާނެ ކަމަށް ވިދާޅުވި އެވެ.

”އަންވެއިލިންގ ވިޜަންސް 2024“ މައުރަޒަށް 200 އަށް ވުރެ ގިނަ ހުށަހެޅުން ފޮނުވާފައިވާއިރު، އޭގެތެރެއިން ހޮވާފައިވަނީ 105 ކުރެހުންތެރިންގެ މަސައްކަތްތަކެވެ. މި މައުރަޒަކީ ޖުލައި މަހުގެ 9 ވަނަ ދުވަހުން 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާ މައުރަޒެކެވެ. ރާއްޖޭގެ ކުރެހުންތެރިންގެ ހުނަރު ދައްކާލުމަށް ސިލްސިލާކޮށް ކުރިއަށް ގެންދާ މި މައުރަޒު ބާއްވާތާ މިއީ 7 ވަނަ އަހަރެވެ.

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ