”ކައުންސިލްތައް ހަތަރު ވަނަ ދަރަޖައިގައި އޮތް ނަމަވެސް މިއަދު ދަރަޖަ ތިނަކަށް ބަދަލުވެއްޖެ“

Advertisement

Advertisement

އެންމެ ފަސް

Advertisement

ކައުންސިލްތައް ހަތަރު ވަނަ ދަރަޖައިގައި އޮތް ނަމަވެސް މިއަދު ކައުންސިލުތައް ދަރަޖަ ތިނަކަށް ބަދަލުވެއްޖެ ކަމަށް ލޯކަލް ގަވަމެންޓާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފް މިގޮތަށް ވިދާޅުވީ ރޭ ”ނާރެސް“ ޕޯޓަލް އިފްތިތާހްކޮށް އޮޕަރޭޝަން ”ކުރަނގި“ގެ ދެ ވަނަ ފިޔަވަހި ފެއްޓެވުމަށްޓަކައި ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތައް ބާރުވެރިކޮށް މާލީ ގޮތުން އެ ތަންތަން ހަރުދަނާ ތަންތަނަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނަވާނެ ކަމަށެވެ.

”ރާއްޖޭގައި މިއަދު ހިނގަމުންދާ ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތައް ބާރުވެރިކޮށް މާލީ ގޮތުން އެ ތަންތަން ހަރުދަނާ ތަންތަނަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަނަށް ރައީސުލްޖުމުހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެގެންދާނެ“

މި ރަސްމިއްޔާތުގައި ވަޒީރު އާދަމް ޝަރީފު ވިދާޅުވީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް ބޮޑެތި ހެޔޮ ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމުގަ އެވެ. އަދި އެ ބަދަލުތަކަކީ ކައުންސިލްތަކުން ރައްޔިތުން އެދޭ ފަދަ ހިދުމަތްތަކެއް ފޯރުކޮށްދެވޭ އަދި ރައްޔިތުން ބަލައިގަންނަ އިދާރާތަކެއްގެ ގޮތުގައި ކައުންސިލްތައް ހެދުމުގެ މަސައްކަތް ރައީސް މުއިއްޒުގެ ޒައާމަތުގައި ކުރިއަށް ގެންދަވާނެ ކަމުގަ އެވެ.

 ރައީސް  މުޢިއްޒުގެ ޒައާމަތުގައި މިއަދު ވެސް ވަރަށް މުހިންމު ހެޔޮ ބަދަލުތަކެއް ލާމަރުކަޒީ ނިޒާމަށް ގެނެސްފައިވާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވެ ދެއްވީ އެ މަނިކުފާނު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި އިރު ކައުންސިލްތައް ހަތަރު ވަނަ ދަރަޖައިގައި އޮތް ނަމަވެސް މިއަދު ކައުންސިލްތަކުގެ ދަރަޖަ ތިނަކަށް ބަދަލުކޮށްފައި ވާކަމުގަ އެވެ.

މީގެ އިތުރަށް ވެސް ބާވެ ހަލާކުވެފައިވާ ކައުންސިލް އިދާރާތައް އަލުން ޢިމާރާތްކުރައްވަން ރައީސް ނިންމެވި ނިންމެވުމަކީ ކައުންސިލްތަކުގެ ހިދުމަތް ރަނގަޅުކޮށް ދެއްވުމުގެ ވިސްނުންފުޅު ހުންނެވިކަން ހާމަކޮށްދޭ ނިންމުމެއް ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

”ޕީއެސް.އައި.ޕީގެ ދަށުން ޢިމާރާތްކުރުމަށް 55 ކައުންސިލެއް ހަމަޖެހިފައިވާ އިރު އޭގެ އިތުރުން 50 ކައުންސިލެއް ޢިމާރާތްކުރުމަށް ނިންމެވުމަކީ ރާއްޖޭގެ ކައުންސިލްތަކުގައި ރަނގަޅު މާޙައުލެއް ޤާއިމްކޮށް ކައުންސިލްތަކުގެ ޚިދުމަތް ރަނގަޅު ކުރުމަށް ވިސްނުންފުޅު ހުންނެވި ކަން ހާމަވާ ކަމެއް“.

ވަޒީރު އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ބޭނުންވާ ދިރާސާގެ ނަތީޖާ އަންނަ މަހު ގައުމީ ޔުނިވަރސިޓީން ލިބުމުން، ރައްޔިތުންނާ ކަމާ ގުޅޭ މުއައްސަސާތަކާއި، ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަށް ހުޅުވައިލެވި އެ މަޝްވަރާ ނިމުމުން އެ ގާނޫނަށް ފުރިހަމަ އިސްލާހުތަކެއް ގެނޭވޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވެސް ވިދާޅުވި އެވެ.

 

އޮޕަރޭޝަން ކުރަނގި މިނިސްޓަރު އާދަމް ޝަރީފް އުމަރު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ