ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކުން މުވައްޒަފުންގެ މުސާރައަށް އަސަރެއް ނުކުރާނެ: މިފްކޯ

Advertisement

Advertisement

އެންމެ ފަސް

Advertisement

ދައުލަތުގެ ހަރަދުތައް ކުޑަކުރަން ސަރުކާރުން ނިންމުމާއި ގުޅިގެން ކުންފުނީގެ ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކުން އާދައިގެ މުވައްޒަފުންގެ މުސާރައަށް އަސަރު ނުކުރާނެ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބުނެފި އެވެ.

މިފްކޯ އިން މިހެން ބުނީ ”ހަސަން ކުރުސީ“ ނަމުގައި ހިންގާ އެކްސް ހޭންޑްލްއިން ފަތުރާފައިވާ ހަބަރަކަށް ރައްދު ދެެމުން ނެވެ.

ހަސަން ކުރުސީގެ އެކައުންޓްގައި ވަނީ މިފްކޯއިން އާދައިގެ މުވަައްޒަފުން ވަޒީފާއިން ވަކިކޮށް ކުންފުނީގެ އެންމެ އިސް މަގާމުތަކުގައި ތިބި ސީނިއާ އަދި ޕޮލިޓިކަލް ލެވެލްގެ މެނޭޖްމެންޓް މީހުން ވަޒީފާގައި ބައިތިއްބަން އުޅޭ ކަމަށް ބުނެފަ އެވެ.

މިފްކޯގެ ސީއެފްއޯ އިލްޔާސް ހަނީފް ސޮއިކުރައްވައި، ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް ވަނީ މިކަމާ ގުޅޭ މެމޯއެއް، މިދިޔަ ބުރާސްފަތި ދުވަހު ފޮނުވައިފައެވެ. އެ މެމޯގައި ބުނެފައިވަނީ ފިނޭންސް މިނިސްޓްރީއާއި ފިޝަރީޒް މިނިސްޓްރީ އަދި މިފްކޯ ގުޅިގެން އެ ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ކުރިއަށްގެންދާ ”މިފްކޯ އެފިޝަންސީ އެކްސަސައިޒް“ގެ ދަށުން ބައެއް ފިޔަވަޅުތައް އަޅަން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން މިދިޔަ ބުދަ ދުވަހު ނިންމާފައިވާ ކަމަށެވެ.

އެގޮތުން، މިފްކޯގެ ބޯޑުން އަޅަން ނިންމި ފިޔަވަޅުތަކުގެ ތެރޭގައި ކުންފުނީގެ ސީއީއޯ އިން ފެށިގެން ސީނިއާ މެނޭޖަރު ރޭންކުގައި ތިބި ފަރާތްތަކުގެ އަސާސީ މުސާރައިން 20 އިންސައްތަ ކުޑަކުރުމާއި، މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑުގައި ހުރި ފަރަގުތައް ކުޑަކުރުމަށްޓަކައި އޮނިގަނޑު ހާމަނައިޒް ކުރުމާއި، މަސައްކަތުގެ ޕާފޯމަންސްއަށް ބަލާ ވަޒީފާ އިން ވަކިކުރަންޖެހޭ މުވައްޒަފުން ވަކިކުރުމާއި، ޕްރޮބޭޝަންގައި ތިބި މުވައްޒަފުންގެ ތެރެއިން ކޮންމެހެން ކުންފުންޏަށް ބޭނުންވާ މުވައްޒަފުން ފިޔަވާ އެހެން މީހުން ވަކިކުރުމާއި، 65 އަހަރުވުމަށް ފަހު ކޮންޓްރެކްޓް މުވައްޒަފުންގެ ގޮތުގައި ތިބި މުވައްޒަފުންނަށް ތިން މަހުގެ ނޯޓިސް ދިނުމަށްފަހު ވަކިކުރުމާއި ހާއްސަ ހާލަތްތަކުގައި މެނުވީ ކޮންޓްރެކްޓް މުވައްޒަފުން ނުނެގުން ހިމެނެ އެވެ.

މީގެ އިތުރުން  ޑެޕިއުޓީ ހެޑް އެލަވަންސާއި އިންޖީނިއަރިން އެލަވަންސާއި ކޭން ޕްރޮޑަކްޝަން އެލަވަންސާއި ރިސްކް އެލަވަންސް އަދި ނޮން ޕްރެކްޓިސް އެލަވަންސް ދިނުން ހުއްޓާލުމާއި، ވިލިމާލެ ފެރީ އެލަވަންސް ފިޔަވައި އެހެން ހުރިހާ ފެރީ އެލަވަންސްތަކެއް ދިނުން ހުއްޓާލުން ހިމެނެ އެވެ. އެއާއެކު، ޕްރޮފެޝަނަލް އެލަވަންސް އެމްކިޔުއޭ ލެވެލް 5 އިން ފެށިގެން މަތީގެ ސެޓްފިކެޓްތައް ހުންނަ ފަރާތްތަކަށް ދިނުމާއި، ކޮންޓްރެކްޓް މުވައްޒަފުންގެ ތެރެއިން ކުންފުންޏަށް ކޮންމެހެން ބޭނުންވާ މުވައްޒަފުން ފިޔަވައި އެހެން މީހުންގެ ކޮންޓްރެކްޓް މި މަހުގެ ފަހުން މުއްދަތު ހަމަވާ ކޮންޓްރެކްޓްތައް އާ ނުކުރުން ވެސް ހިމެނެ އެވެ.

މިފްކޯގެ މީޑިއާ އޮފިޝަލް އިބްރާހިމް ސައީދު (ކޭޑް) ރޭ މީޑިއާތަކަށް މައުލޫމާތު ދިން ގޮތުގައި މިފްކޯގެ ހިންގުން ހަރުދަނާކޮށް ކުންފުނީގެ ބްލީޑްވާ ދިމާ ދެނެގަތުމާއި އިސްރާފު ކުޑަކުރުމަށް ގެންނަމުންދަނީ ހެޔޮ ބަދަލެކެވެ. އެއްވެސް އާދައިގެ މުވައްޒަފުންގެ މުސާރައިން އުނިކުރުމަށް ކުންފުނިން ނިންމާފައިނުވާ ކަމަށް އިބްރާހީމް ސައީދު ބުންޏެވެ.

އިބްރާހީމް ސައީދު ބުނީ މުސާރައަށް ބަދަލު އަންނާނީ ކުންފުނީގެ ޖީއެމްއާއި ސީނިއާ މެނޭޖްމެންޓް ލެވެލުން ނެވެ.

”އެހެންކަމުން މީގައި ޝަކުވާއެއް އޮތަސް އޮންނާނީ އެ ލެވެލްއިން. މި ކަމުގައި އެއްވެސް އޮޅުވާލުމެއް މި ކުންފުނިން ނުގެންގުޅޭ ވާހަކަ ދަންނަވަން“

މީގެ އިތުރަށްވެސް އޭނާ ވަނީ އެކަމަށް ހައްގުވާ މުވައްޒަފަކަށް ހައްގު ގޮތުގައި ލިބެން ޖެހޭ އެއްޗެއްގެ ގޮތުގައި ކަންކަން ތަރުތީބުކުރުމަކީ ނުހައްގު ކަމަކަށްވުރެ ހައްގު ގޮތުގައި ކަންކަން ތަރުތީބު ކުރުން ކަމުގައި ބުނެފަ އެވެ.

އޭނާ ވަނީ ހަސަން ކުރުސީ ދައްކާފައިވާ ވާހަކަތަކަކީ ވަކި ގޮތަކަށް އާންމުންގެ ތެރޭގައި މިފްކޯގެ އިމޭޖް ދަށްކުރަން ފަރުމާކުރަމުންދާ ވާހަކައެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ