ނެޝަނަލް ރަޖިސްޓްރޭޝަން ސިސްޓަމް ”ނާރެސް ޕޯޓަލް“ އިފްތިތާހްކޮށްފިއެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ޕޯޓަލް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
ނިއީ ރަށްރަށުގައި ތިބި އުމުރުން ދުވަސްވީ މީހުންނަށް ލުއި ފަސޭހަ ކުރުމުގެ ގޮތުންނާއި ކައުންސިލްތަކާއެކު އޮންނަ ގުޅުން ބަދަހި ކުރުމުގެ މަސައްކަތުގެ ތެރެއިން އުފެއްދުނު ޕޯޓަލްއެއްކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ މިނިސްޓްރީން ބުނެ އެވެ.
މި ޕޯޓަލް މެދުވެރިކޮށް ރަށްރަށުގައި ތިބެ އަމިއްލައަށް އޮންލައިންކޮށް އައިޑީ ކާޑަށް އެޕްލައި ކުރަން އުނދަގޫ ފަރާތްތަކަށް ފަސޭހަ ކަމާއެކު އެ ހިދުމަތް ހޯދޭނެ އެވެ.
އައިޑީ ކާޑަށް އެދުމުގެ ހިދުމަތް އޮންލައިންކޮށްފައިވަނީ ކޮވިޑް 19 ގެ ސަބަބުންނެވެ. އެގޮތުން އޭރު ރަށު ކައުންސިލުން ދެމުން އައި އެ ހިދުމަތް އޮންލައިން ކުރެވިގެން ދިޔުމުން ކައުންސިލްތަކާއެކު އޮންނަ ގުޅުން ހީނަރުވިކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ. އަދި އޮންލައިންކޮށް ކޮންމެ މީހަކަށްވެސް އަމިއްލައަށް އެ ހިދުމަތް ހޯދުމުގެ ފުރުސަތު އޮތުމުން ފަސޭހަތަކެއް ވީ ނަމަވެސް އުމުރުން ދުވަސްވީ މީހުން ބާކީވެފައިވާކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.
ނާރެސް މެދުވެރިކޮށް ކައުންސިލްތަކަށް އައިޑީ ކާޑުގެ ސްޓޭޓަސް ބެލުމާއި މާލެއެކޭ އެއްފަދައިން އައިޑީކާޑު ދޫކުރުން އަދި އެޕްލިކޭޝަންތައް ބަދަލައި ގަތުމަށް ހިދުމަތް ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން މައުލުމާތު ދެއްވައެވެ.
އަދި ނާރެސް ފޯޓަލާއިއެކު ކޮންމެ ކައުންސިލަކަށް 10 އިނގިލީގެ ނިޝާން ނަގާ ފިންގާ ފްރިންޓް ޑިވަސްތަކެއް ހަވާލުކުރެވިގެންދާނެ ކަަމަށާއި އެކަން ވެގެންދާނީ ކައުންސިލްތަކާއި ޑީއެންއާރާއިއެކުގައި އޮތް ގުޅުންތައް ބަދަހި ވެގެންދާނެ ކަމަކަށް ކަމަށް އެ ވުޒާރާއިން މައުލޫމާތު ދެ އެވެ.
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް