މާލޭގެ ގެޔެއްގައި ދިވެހި ފިރިހެނަކު ރަހީނުކޮށްގެން ގެންގުޅުނު ކަމުގެ ތުހުމަތުގައި ތިން މީހުން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފި އެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ދިވެހި ފިރިހެނަކު ރަހީނުކޮށްގެން މާލޭ ގެޔެއްގައި ގެންގުޅު މައްސަލައެއް ޖުލައި 18 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ތިން މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ. ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ މީހަކާއި 27 އަހަރުގެ މީހެއްގެ އިތުރުން 22 އަހަރުގެ މީހެކެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 10 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.