ކުރީގެ ރައީސް ސޯލިހުގެ ޝުކުރު މިނިސްޓަރު ޝަހީމްއަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މަންމާފުޅު މޫމިނާ ހަސަންފުޅުގެ ޖަނާޒާގެ ކަންކަން ސަރުކާރުން ހަމަޖައްސައިދިން އިންތިޒާމުތަކަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ރައީސް ސޯލިހު ޝުކުރު އަދާ ކުރައްވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ސޯލިހު ވިދާޅުވީމަންމާފުޅު މޫމިނާ ހަސަންފުޅުގެ ޖަނާޒާގެ ކަންކަން ސަރުކާރުގެ ފަރާތުން އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިސްވެ ހުންނަވައިގެން ހަމަޖައްސާ ދެއްވި ހުރިހާ އިންތިޒާމްތަކަށް އެމަނިކުފާނާއި އެމަނިކުފާނުގެ އާއިލާގެ ފަރާތުން ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

އަޅުގަނޑުމެންގެ ލޮބުވެތި މަންމަގެ ޖަނާޒާގެ ކަންތަކުގައި ސަރުކާރުގެ ފަރާތުން މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިސްވެހުންނަވައިގެން ހަމަޖައްސަވައިދެއްވި އެންމެހާ އިންތިޒާމްތަކަށް އަޅުގަނޑާ ޢާއިލާގެ ފަރާތުން ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. 

މީގެ އިތުރުން ޖަނާޒާގައި ބައިވެރިވެ ވަޑައިގެން، މަންމައަށް ހެޔޮ ދުއާ ކޮށްދެއްވި ހުރިހާ ބޭފުޅުންނަށާއި އާއިލާއަށް ތައުޒިޔާ ވިދާޅުވި ހުރިހާ ބޭފުޅުންނަށް އެމަނިކުފާނާއި އެމަނިކުފާނުގެ އާއިލާގެ ފަރާތުން އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވާކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ މަންމާފުޅު އަވަހާރަވީ އިއްޔެގެ ވަގުތެއްގައި އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އަވަހާރަވި އިރު އުމުރުފުޅަކީ 80 އަހަރެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ