އެމްޓީސީސީން ބޯޓު ފަހަރު ބަނުމުގެ ހިދުމަތް ދޭން ފެށުމުގެ ވިސްނުން ގެންގުޅޭ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެމްޓީސީސީން މިކަން ހާމަކޮށްފައިވަނީ އެކުންފުނިން ރޭ ބޭއްވި އަހަރީ އާންމު ޖަލްސާގަ އެވެ.
އެ ޖަލްސާގައި ހިއްސާދަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދު ވިދާޅުވީ އެ ކުންފުނީގެ ބޯޓުތައް މަރާމާތުކުރާ ޔާޑުގެ މަސައްކަތް ވަރަށް ބޮޑަށް ނިމިފައިވާ ކަމަށެވެ. އަދި އެމްޓީސީސީގެ އަމާޒަކީ ބޯޓު ޔާޑުގެ މަސައްކަތް ނިމުމުން ބޯޓު ބަނުމުގެ ހިދުމަތް ދޭން ފެށުން ކަމަށް ޒިޔާދު ވިދާޅުވި އެވެ.
އުއްމީދަކީ އަންނަ އަހަރީ އާއްމު ޖަލްސާ ބާއްވާއިރު އުޅަނދު ބަންނަ ކުންފުންޏަކަށްވުން.
އެމްޓީސީސީން އަންނަީ މިހާރުވެސް ބޯޓު ފަހަރަށް ބޭނުންވާ ބައެއް ހިދުމަތްތައް ތިލަފުށީގައި ހުންނަ އެ ކުންފުނީގެ ބޯޓު ޔާޑުން ފޯރުކޮށްދެމުންނެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޒިޔާދު ވިދާޅުވީ އެމްޓީސީސީގެ ވިސްނުން ހުރީ އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތްތައް އިތުރުކޮށް ވިޔަފާރި ހަރުދަނާކޮށް ކުންފުނީގެ އާމްދަނީ އިތުރު ކުރުމަށް ކަމަށެވެ.
މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)