މެންބަރުން ހުވާކުރާތާ ތިން މަސް ދުވަހުގެ ތެރޭގައި މާލީ ބަޔާން ހުށަހަޅަންޖެހޭގޮތަށް ހަދައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

މެންބަރުން މަގާމުގެ ހުވާކުރާތާ ތިން މަސް ދުވަހުގެ ތެރޭގައި ފުރަތަމަ މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދު، މަޖިލީހުގެ އާންމު ކޮމެޓީން އިސްލާހްކޮށްފި އެވެ.

މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 68 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުން މަޖިލީހުގެ މެންބަރުން މަގާމުގެ ހުވާކުރާތާ އެއް އަހަރު ދުވަހުގެ ތެރޭގައި ފުރަތަމަ މާލީ ބަޔާން ހުށަހަޅަން ޖެހެ އެވެ.

އާންމު ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައިވަނީ މެންބަރުން ހުވާކުރާތާ 90 ދުވަހުގެ ތެރޭގައި މާލީ ބަޔާން ހުށަހަޅަން ޖެހޭނެ ކަމަށެވެ.

މިއީ ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ހުށަހެޅުއްވި އިސްލާހެކެވެ.

ގިނަ މެންބަރުން މިކަމަށް ތާއީދު ކުރައްވައި، މި ފިޔަވަޅު އެޅުމަކީ ނަޒާހަތްތެރިކަން ކުރިއަރުވާ ކަމެއްކަން ކޮމިޓީގައި ފާހަގަކުރައްވާފައިވެ އެވެ. ނަމަވެސް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު މިކަމާ ދެކޮޅަށް ވާހަކަ ދައްކަވަމުން ވިދާޅުވީ އިންތިހާބުގު ހަރަދާ ގުޅޭ ބަޔާނެއް މިހާރު ވެސް މަޖިލިސް މެންބަރުން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅަން ޖެހޭތީ މާލީ ބަޔާން ހުށަހެޅުމަށް އެއް އަހަރުގެ މުއްދަތެއް ކަނޑައެޅުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

ހަންނާންގެ ވާހަކައަށް އެއްވެސް މެމްބަރަކު ތާއީދު ކުރައްވާފަ އެއް ނުވެ އެވެ. ގިނަ މެންބަރުން ވިދާޅުވީ އިންތިހާބުތަކުގައި ލިބޭ ފައިސާއާއި ހަރަދުތައް ހިމެނޭގޮތަށް އީސީއަށް ފޮނުވާ ރިޕޯޓުގައި މެންބަރުންގެ މާލިއްޔަތު ހިމަނަން ނުޖެހޭ ކަމަށެވެ. އެހެންކަމުން އެއީ މުޅިން ދެ ނަތީޖާއެއް ހާސިލްވާ ދެ ބަޔާނެއްގެ ގޮތުގައި މެމްބަރުން ފާހަގަ ކުރެއްވި އެވެ.

ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ވިދާޅުވި ގޮތުގައި 3 މަސް ދުވަހުގެ ތެރޭގައި މާލީ ބަޔާން ހުށަހަޅަންޖެހޭ ގޮތް ހެދުމަކީ ރައްޔިތުންގެ އިތުބާރު އިތުރުވާނެ ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި އެއީ ނަޒާހަތްތެރި މަޖިލީހަކަށް މުހިންމު ބަދަލެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަމަށް އޭނާ ވިދާޅުވި އެވެ.

ގަވާއިދަށް ގެނައި އެހެން ބަދަލުތަކުގެ ތެރޭގައި ސުންގަޑިއަށް ފަހު ބާއްވާ ފުރަތަމަ ޖަލްސާގައި މާލީ ބަޔާން ހުށަހަޅާފައި ނުވާ މެމްބަރުންގެ ނަން އިއުލާން ކުރުމާއި، އެ މެންބަރުންނަށް ޖަލްސާތަކާއި ކޮމިޓީ ބައްދަލުވުންތަކާއި ރަސްމީ ދަތުރުތަކުގައި ބައިވެރިވުމުގެ ހުއްދަ ނުދިނުން ހިމެނެ އެވެ. ގަވާއިދުގައި ކުރިން މަޖިލިސް މެންބަރުންނަށް ރަސްމީ ދަތުރުތަކަށް ދިއުމުގެ ހުއްދަ ދީފައި ވެއެވެ.

ރައްޔިތުންގެ މަޖިލިސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ