ފަރެސްމާތޮޑާ ފުޓްބޯޅަ ދަނޑުގެ މަސައްކަތް އަވަސްކުރުމަށް ހުރިހާ މަސައްކަތެއް ކޮށްދެއްވާނަން: ނައިބު ރައީސް

Advertisement

Advertisement

އެންމެ ފަސް

Advertisement

ފަރެސްމާތޮޑާ ފުޓްބޯޅަ ދަނޑުގެ މަސައްކަތް އަވަސްކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެ ކަމުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް މިގޮތަށް ވިދާޅުވީ ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީގެ މުހިންމު ކަންކަމާ ގުޅޭގޮތުން ކުރެއްވި މަޝްވަރާގެ ތެރެއިން ނެވެ. ފަރެސްމާތޮޑާ ދާއިރާގެ މެންބަރުކަންވެސް ކުރެއްވި ނައިބު ރައީސް ވަނީ މި ބައްދަލުވުމުގައި އެ ރަށުގެ ތަރައްގީއާއި ގުޅޭ އެކި ދާއިރާތަކުގެ މަޝްވަރާ ކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ފަރެސްމާތޮޑާ ކައުންސިލުގެ މެންބަރުން ވަނީ އެރަށުގެ ތަރައްގީއަށް އެންމެ ބޭނުންވާ ކަންކަމާ، ކުރިމަތިވާ ދަތި މައްސަލަތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހިއްސާ ކުރައްވާފަ އެވެ. ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނުނިމި އޮތުމާއި ސިއްހީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ ކަންކަމާއި ބަނދަރުގެ މަސައްކަތް ނުފެށި އޮތުމުގެ ކަންބޮޑުވުން ހިމެނެ އެވެ.

މީގެއިތުރުންވެސް ފަރެސްމާތޮޑާއާއި އެއަރޕޯޓް ގުޅުވައިދޭ ކޯޒްވޭގެ މަސައްކަތާއި ފަރެސްމާތޮޑާ އެއަރޕޯޓާއި ގުޅިގެން ހުރި ކަންބޮޑުވުންތަކާއި އަދި އެރަށުން އިތުރު ގޯތި ދިނުމާއި ސިނާއީ ބޭނުންތަކަށް ބިން ހިއްކަން ބޭނުންވާކަން ކައުންސިލަރުން ފާހަގަކުރެއްވި އެވެ.

ފުޓްބޯޅަ ކުޅުމަށް ޝައުގުވެރި ބޭފުޅެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ނައިބު ރައީސް ވަނީ އެރަށުގެ ފުޓްބޯޅަ ދަނޑުގެ މަސައްކަތް އަވަސްކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެކަމުގައި ވިދާޅުވެފަ އެވެ. މީގެއިތުރުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައިވެސް ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާ ކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ނައިބު ރައީސްއަކީ މީގެ ކުރީގައި ސެކަންޑް ޑިވިޝަންގެ ޓީމްތަކަށް ފުޓްބޯޅަ ކުޅުއްވާފައިވާ ކުޅުންތެރިއެއްވެސް މެއެވެ. ދާދި ފަހުންވެސް އެމަނިކުފާނު ވަނީ ޔޫރޯ މުބާރާތުގައި ދައުލަތުގެ މީޑިއާއަށްވެސް އެމަނިކުފާނުގެ ތަޖުރިބާގެ އަލީގައި ފުޓްބޯޅަ އެނަލައިޒްކޮށްދެއްވާފަ އެވެ.

ރައީސް އޮފީސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ