ހުޅުމާލޭގައި އަޅާ ވަގުފު އިމާރާތަށް ޕްރޮޕޯޒަލް ހުށަހެޅުމަށް އިސްލާމިކް މިނިސްޓްރީން ފުރުސަތު ހުޅުވާލައިފި އެވެ.
މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ހުޅުމާލެ ފޭސް 1 ގައި ”ދާރުއް ސަލާމް“ ގެ ނަމުގައި 12 ފަންގިފިލާގެ އޮފީސް އިމާރާތެއް ބިނާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންޓްރެކްޓަރ ފިނޭންސްގެ އުސޫލުންކަމަށް އިއުލާންގައި ބުނެފައިވެ އެވެ.
މީގެކުރިން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައިވާ ގޮތުގައި ހުޅުމާލޭގައި އިމާރަތްކުރާ ވަގުފު އިމާރާތަކީ ގާތްގަނޑަކަށް 200 މިލިއަން ރުފިޔާގެ އެންމެ ބޮޑު ވަގުފް އިންވެސްޓްމަންޓް ޕްރޮޖެކްޓް ކަމަށެވެ. އަދި މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއު ކާމިޔާބު ކަމާއެކު ނިމި, ދެ އަހަރެއް ތެރޭ އޭގެ ފައިދާ ލިބިގެންދާނެ ކަމަށެވެ. އޭރުން ރާއްޖޭގައި ތިބި ފަގީރުންނާއި މިސްކީނުންނަށް ދާއިމީ ގޮތެއްގައި ހައްޖަށް ދިއުމުގެ މަގު ފަހިވެގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުގެ އަމާޒަކީ ކޮންމެ އަތޮޅެއްގައިވެސް ވަގުފު އިމާރަތްތައް ޤާއިމްކުރުން ކަމަށް މިނިސްޓަރު މީގެކުރިން ފާހަގަކުރައްވާފައިވެ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް