ރައީސް މުއިއްޒު ރައީސް ސާލިހަށް ތައުޒިޔާ ވިދާޅުވެއްޖެ

Advertisement

އެންމެ ފަސް

Advertisement

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ މަންމާފުޅު އަވަހާރަވެވަޑައިގަތުމާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސް ސާލިހަށް ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެ މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓްގައި އެމަނިކުފާނު ވަނީ ކުރީގެ ރައީސް ސާލިހުގެ  މަންމާފުޅު މުއުމިނާ ހުސައިންފުޅު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގަންނަވާކަން ފާހަގަކުރައްވައި އެމަނިކުފާނުގެ އާއިލާއަށް  އިހްލާސްތެރިކަމާއެކު ތައުޒިޔާ ދަންނަވާ ކަމުގައި ވިދާޅުވެފަ އެވެ.

ހަމަ އެއާއެކު، އެ އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާ ދަންނަވައި، ‏މާތްﷲގެ ތަނަވަސްވެގެންވާ ރަހްމަތާއި ރުހިވޮޑިގަތުމާއި މަގްފިރަތުގައި، ސުވަރުގޭގެ ދާއިމީ ނިއުމަތުގައި މަރުހޫމާ ލެހެއްޓެވުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ދުއާ ދަންނަވާފައި ވެއެވެ.

އެ މަނިކުފާނުގެ މަންމާފުޅު އަވަހާރަވީއިރު އުމުރުފުޅުން 80 އަހަރެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ