ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ މަންމާފުޅު މުއުމިނާ ހުސައިންފުޅު އަވަހާރަވެއްޖެ އެވެ.
އެ މަނިކުފާނުގެ މަންމާފުޅު އަވަހާރަވީއިރު އުމުރުފުޅުން 80 އަހަރެވެ.
މޫމިނާ ހަސަންފުޅަށް ޞާލިހުގެ އިތުރުން ފަސް ބޭފުޅަކު ލިބިވަޑައިގެންނެވިއެވެ.
އެއީ ހުޅުމާލެ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒާއި މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް އައިޝަތު މުހައްމަދު ސޯލިހާއި ރައީސް އޮފީހުގައި ރައީސުލްޖުމްހޫރިއްޔާގެ ޕާސަނަލް ސެކްރެޓަރީކަން ގިނަ އަހަރުތަކެއް ވަންދެން ކުރެއްވި ފާތިމަތު މުހައްމަދު ސޯލިހު (ފާތޭ) ގެ ވެސް މަންމާފުޅެވެ.
ޞާލިހުގެ މަންމާފުޅު އަވަހާރަވުމާ ގުޅިގެން ގިނަ ބަޔަކު ގެންދަނީ ތައުޒިޔާގެ މެސެޖުތައް ހިއްސާކުރަމުންނެވެ.