އިމިގްރޭޝަނާ ގުޅުންހުރި މައްސަލަ ރިޕޯޓްކުރުމަށް ހާއްސަ ”އިމިގްރޭޝަން ވޮޗް“ އިފްތިތާހުކޮށްފިއެވެ.
މި އޮންލައިން ޕްލެޓްފޯމް އިފްތިތާހު ކޮށްދެއްވީ އިމިގްރޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދެވެ.
މި ޕްލެޓްފޯމަކީ އިމިގްރޭޝަނާ ގުޅުންހުރި ކަންތައްތައް ރިޕޯޓްކުރުމަށް އާންމުންނަށް ފުރުސަތު ލިބިގެންދާނެ ޕްލެޓްފޯމެެކެވެ. އެގޮތުން، މިޕްލެޓްފޯމުން ކޮންމެ ފަރާތަަކަށްވެސް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއެއްގެ މައްސަލަ ރިޕޯޓް ކުރެވިދާނެ އެވެ. ނޫނީ ރާއްޖެއަށް ވަގަށް އެތެރެވާން މަސައްކަތް ކުރާ ބިދޭސީއެއްގެ މައުލޫމާތުވެސް ހިއްސާ ކުރެވިދާނެ އެވެ.
މިޕްލެޓްފޯމް ބޭނުންކޮށްގެން ނަން ހާމަނުކޮށް، ”އެނޮނިމަސް“ ކޮށްވެސް ރިޕޯޓް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި، މިކަމުގެ ސަބަބުން އިމިގްރޭޝަނާއި، އާންމުން ގުޅިގެން ވަރަށް ފުރިހަމަ މަސައްކަތްތަކެއް ކުރެވިދާނެ ފުރުސަތުތައް ލިބިގެންދާނެ ކަމަށް ކޮންޓްރޯލާ ވިދާޅުވި އެވެ.
އަޅުގަނޑުމެންނަށް ބޭނުންވާ އަދި ބައެއް ހާލަތްތަކުގައި ނުލިބި ހުރި ބައެއް މައުލޫމާތުތައް ވެސް ފަސޭހަކަމާއެކު އާންމުންނަށް ހިއްސާކުރެވޭ ފަދަ ޕްލެޓްފޯމެއް މިއީ. މިއީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް އިމިގްރޭޝަން އާ ގުޅުންހުރި ކަންކަން ރިޕޯޓްކުރުމަށް ކޮށްއުޅޭ ބެސްޓް ޕްރެކްޓިސްގައި ހިމެނޭކަމެއް.
”އިމިގްރޭޝަން ވޮޗް“ގެ އެހީގައި އާންމުންނަށް 24 ގަޑީއިރު އިމިގްރޭޝަނަށް ރިޕޯޓްކުރެވޭނެ އެވެ. އިމިގްރޭޝަނާ ގުޅުންހުރި ރިޕޯޓެއް ނުވަތަ މައްސަލައެއް ހުށަހަޅާއިރު، މައުލޫމާތާ ފޮޓޯވެސް މި ޕްލެޓްފޯމް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެ އެވެ.
އިމިގްރޭޝަން އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު