ހުޅުމާލެ އެއް ނަންބަރު ފްލެޓް ސަރަހައްދުން ކަރަންޓުގެ ހިދުމަތް ކެނޑިފައިވާކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
މީޑިއާތަކަށް ސްޓެލްކޯއިން ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ހުޅުމާލެ އެއް ނަންބަރު ފްލެޓް ސަރަހައްދުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.
ހުޅުމާލެ 1 ނަންބަރު ފްލެޓް ސަރަހައްދުން ކަރަންޓުގެ ހިދުމަތް ވަނީ މެދުކެނޑިފައި. މައްސަލަ ދެނެގަތުމުގެ މަސައްކަތް ދަނީ ކުރަމުން.
ސްޓެލްކޯއިން ބުނީ ދިވާމި މައްސަލަ ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.