ހަނިމާދޫ އެއާޕޯޓު އަންނަ މާޗުގައި ބޭނުން ކުރެވޭނެ، މިހާރު 67 އިންސައްތަ ނިމިއްޖެ: މިނިސްޓަރު މުއްތަލިބް

Advertisement

Advertisement

އެންމެ ފަސް

Advertisement

ހަނިމާދޫ އެއާޕޯޓު އަންނަ މާޗު މަހަށް ނިންމާލާ ބޭނުން ކުރެވޭނެ ކަމަށާއި މިހާރު އެ އެއާޕޯޓުގެ 67.5 އިންސައްތަ ނިމިފައިވާކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ހަނިމާދޫ އެއާޕޯޓަކީ އިންޑިއާއިން ދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ތަރައްގީ ކުރަމުން އަންނަ އެއާޕޯޓެކެވެ.

މިނިސްޓަރު މުއްތަލިބު މިހެން ވިދާޅުވީ ހަނިމާދޫ އެއާޕޯޓުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް އެ އެއާޕޯޓަށް ވަޑައިގެންނެވުމަށްފަހު އެވެ. މިނިސްޓަރުގެ އަރިހުގައި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީންގެ އިތުރުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ހުންނަވާ ސަފީރު މުނޫ މަހާވަރު ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.

މި އެއާޕޯޓު ނިމޭ އިރު 2.7 ކިލޯ މީޓަރުގެ ރަންވޭއަކާއި 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ޓާމިނަލެއްގެ އިތުރުން ޖެޓް ފިއުލް ސްޓޯރޭޖެއްވެސް ގާއިމު ކުރާނެ އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ އެއާޓްރެފިކް ކޮންޓްރޯލް ޓަވަރުގެ 75 ޕަސެންޓު މަސައްކަތް ނިމިފައިވާއިރު، ޕަސެންޖާ ޓާމިނަލްގެ 51.4 ޕަސެންޓު މަސައްކަތް ނިންމާފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ ފިއުލް ފާމް އަދި ފިއުލް ޖެޓީގެ 44.5 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ ޓޭންކުތައް ރޭވުމުގެ މަސައްކަތް ކަމަށެވެ.

އެއާޕޯޓަށް ބޭނުންވާ މަގުތަކުގެ 50 ޕަސެންޓު އަދި އެމްއެންޑީއެފް މަރުކަޒުގެ 55 ޕަސެންޓު ވެސް ނިމިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓަރު މުހައްމަދު އަމީން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ