ކަނޑުމަތީގެ އޮޕަރޭޝަންތަކުގައި ބޭނުން ކުރުމަށް ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން ދިވެހި ފުލުހުންގެ ހިދުމަތަށް ދެ ޑްރޯން ހަދިޔާކޮށްފި އެވެ.
ހޯމް މިނިސްޓްރީން ބުނީ މި ޑްރޯންތައް ފުލުހުންނާ ހަވާލުކޮށްފައިވަނީ މިއަދު ހޯމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ.
މި ޑްރޯންތައް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ މިނިސްޓަރު އަލީ އިހުސާން އެވެ. ޔޫއެންއޯޑީސީގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަ އެ ޖަމިއްޔާގެ އޮފީހުގެ އިސްވެރިޔާ އެންރިކޯ ބޮނިންސެގްނާއެވެ.
ހޯމް މިނިސްޓްރީން ބުނީ، އެ ޑްރޯން ބޭނުންކުރަން ހަމަޖެހިފައިވަނީ މެރިން ޕޮލިސް ޑިވިޝަނުން ހިންގާ ޝޯޓް ރޭންޖް އޮޕަރޭޝަންތަކުގައި ކަމަށެވެ.
ފުލުހުންގެ ބޭނުމަށް ޔޫއެންއޯޑީސީން ދެ ޑްރޯން ހަދިޔާކޮށްފައިވާއިރު ކަނޑުގެ އޮޕަރޭޝަންތަކުގައި އެމްއެންޑީއެފުން ބޭނުން ކުރުމަށް ރާއްޖޭގެ ސަރުކާރުން ވަނީ ތުރުކީން ދެ ޑްރޯން ގަނެފަ އެވެ. މީގެ އިތުރުން ކަސްޓަމްސްގެ ބޭނުންތަކަށް އެމެރިކާ އާއި ޗައިނާއިން ދެ ޑްރޯން ހަދިޔާ ކުރަން ނިންމާފައިވާކަމަށް ކަސްޓަމްސްއިން ވަނީ ބުނެފަ އެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން ކަސްޓަމްސް އެމްއެންޑީއެފް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ދިވެހި ފުލުހުންގެ ޚިދުމަތް