ފޭކް ޑޮމިކުމެންޓްގައި ރާއްޖެ އެތެރެވާން މަސައްކަތްކުރި 1664 މީހަކު ޑީޕޯޓްކޮށްލައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ފޭކް ޑޮކިއުމެންޓް ބޭނުންކޮށްގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި 1600 އަށްވުރެ ގިނަ ބިދޭސީން އަތުލައިގެންފައިވާނެކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ ޗީފް އިމިގްރޭޝަން އޮފިސަރ މުހައްމަދު ޝިފާން ވެތުވެދިޔަ 8 މަސް ދުވަހުގެ ތެރޭގައި ސައްހަ ނޫން ލިޔެކިޔުންތައް ބޭނުންކޮށްގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި 1664 ބިދޭސީއަކު ރާއްޖެ އެތެރެވުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި އެ މީހުން ހުއްޓުވިފައިވާނެ ކަމަށް ޝިފާން ވިދާޅުވި އެވެ.

ޝިފާން ވިދާޅުވި ގޮތުގައި ޓޫރިސްޓް ވިސާގައި ރާއްޖެ އެތެރެވާން މަސައްކަތްކުރި 85 ގައުމެއްގެ 1200 އަށްވުރެ ގިނަ މީހުން ހިމެނޭކަމަށެވެ. އަދި ސައްހަ ނޫން ވޯކް ޕާމިޓް އަދި ވޯކް ވިސާގައި ރާއްޖެ އެތެރެވާން މަސައްކަތްކުރި 22 ގައުމެއްގެ 341 މީހުން ހުއްތުވިފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

ޑެޕިއުޓީ ޗީފް އިމިގްރޭޝަން އޮފިސަރ މުހައްމަދު ޝިފާން — ފޮޓޯ: އިމިގްރޭޝަން

އޭގެއިތުން ޝިފާން ވިދާޅުވީ ވޭތުވެދިޔަ 8 މަސް ދުވަހުގެ ތެރޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ދަނެގަތުމަށް 153 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި 2069 ބިދޭސީންނެއް ފުރުވާލެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިފާން ވިދާޅުވި ގޮތުގައި ފޮނުވާލެވުނު ބިދޭސީންގެ ތެރޭގައި ސީރިއަސް ބައެއް ތުހުމަތުތަކެއްގައި ފޮނުވާލެވުނު ބިދޭސީން ހިމެނޭ ކަމަށެވެ.

ފޮނުވާލެވުނު ބިދޭސީންގެ ތަފްސީލްތައް:

  • ފުޅާ ދާއިރާއެއްގައި ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމުގެ މަސައްކަތް ކުރި 8 ބިދޭސީއެއް
  • ހަށިވިއްކުމުގެ ވިޔާފީރީގައި ޝާމިލްވި 65 ބިދޭސީއެއް
  • ޑްރަގް އަދި ގޭންގް މާރާމާރިތަކުގެ މައްސަލަތަކުގައި ހިމެނޭ 141 ބިދޭސީއެއް
  • އިމިގްރޭޝަނުން ބަލަމުންދާ މައްސަލަތަކުގައި ހޯދުނު 15 ބިދޭސީއެއް
  • ވިސާ ނުވަތަ ލިޔެކިޔުމަށް ބަދަލު ގެނެސްގެން 9 ބިދޭސީއެއް

ޝިފާން ވިދާޅުވި ގޮތުގައި ބިދޭސީންނަށް ހާއްސަކޮށް ކުރިއަށްގެންދެވުނު އޮޕަރޭޝަންތަކުގައި 42 ތަނެއް ބަލައި ފާސްކޮށް 118 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އެގޮތުން ބަލާ ފާސްކުރެވުނު ތަންތަނުގެ ތެރޭގައި މާލޭގައި 6 މާރުކޭޓަކާއި، 7 ރީޓޭލް ފިހާރައިގެ އިތުރުން 17 ޓޭކްއަވޭ ފިހާރަ އަދި 3 ސްޕާ، 5 ކެފޭ، އެއް ފަހާތަން ހިމެނޭ ކަމަށް ޝިފާން ވިދާޅުވި އެވެ.

އިމިގްރޭޝަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ