ބާ ކައުންސިލުން ބަންޑާރަ ނައިބު އުނި ކުރަން ހުށަހެޅި އިސްލާހަށް ބަންޑާރަ ނައިބުގެ ތާއީދު

Advertisement

Advertisement

އެންމެ ފަސް

Advertisement

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީ (އެކްސްކޯ) އިން ބަންޑާރަ ނައިބުގެ ނަން އުނިކޮށް އެ ކޮމިޓީ އެކުލަވާލާ ގޮތް ބަދަލު ކުރުމަށްޓަކައި ގާނޫނީ ފަންނުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ތާއީދު ކުރައްވައިފި އެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި އިސްލާހު ހުށަހެޅުއްވީ ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފު އެވެ. މި ބިލުގެ ފުރަތަމަ ކިޔުން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވަނީ އިއްވާފަ އެވެ.

މި އިސްލާހަށް އިޝާރާތް ކުރައްވާ އުޝާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަގާމުގެ ހައިސިއްޔަތުން ބަންޑާރަ ނައިބު ބާ ކައުންސިލްގެ އެކްސްކޯގައި އިނުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

މީގެ އިތުރުން އުޝާމް ވަނީ ގާނޫނީ ވަކީލުންގެ ކަންކަން ރެގިއުލޭޓްކުރަންވާނީ ހަމައެކަނި ވަކީލުންގެ ފަރާތުން ހޮވާ މަންދޫބުން ހިމެނޭ ފުރިހަމަ މިނިވަން އެކްސްކޯއަކުންކަން ގަބޫލުފުޅު ކުރައްވާކަމަށް ވިދާޅުވެފަ އެވެ.

އަޅުގަނޑު ގަބޫލުކުރަނީ ގާނޫނީ ވަކީލުންގެ ކަންކަން ރެގިއުލޭޓްކުރަންވާނީ ހަމައެކަނި ވަކީލުންގެ ފަރާތުން ހޮވާ މަންދޫބުން ހިމެނޭ ފުރިހަމަ މިނިވަން އެކްސްކޯއަކުން ކަމަށް. މަގާމުގެ ހައިސިއްޔަތުން ބަންޑާރަނައިބު ބާ ކައުންސިލްގެ އެކްސްކޯގައި އިނުމަކީ އެންމެ ރަގަޅު ގޮތެއް ނޫން.

ހުސައިން ޝަރީފް ހުށަހެޅުއްވި އިސްލާހުގައި މި ބިލުގެ މަގުސަދެއްކަމަށް ވިދާޅުވެފައިވަނީ ބާ ކައުންސިލަކީ ގާނޫނީ ވަކީލުންގެ ފަރާތުން އެ މީހުން އިންތިހާބު ކުރާ މަންދޫބުންގެ މައްޗަށް އެކުލެވިގެންވާ ކައުންސިލަކަށް ހެދުން ކަމަށެވެ.

މި އިސްލާހުގެ ސަބަބުން ބަންޑާރަ ނައިބުގެ މަގާމުގައި ހުންނަ މީހަކު އެކައުންސިލުގެ މެންބަރެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް އޮތުން ގާނޫނުން އުނިވާނެ އެވެ. އަދި މިހާރު އެ ގާނޫނުގައި އެ ކައުންސިލަށް ހަ ވަކީލުން އައްޔަން ކުރާ ގޮތަށް އޮތް އޮތުން ބަދަލުކޮށް އެ ކައުންސިލަށް ހަތް ވަކީލުން އިންތިހާބު ކުރެވޭނެ އެވެ.

ބަންޑާރަ ނައިބު ނުހިމަނާ އެ ކައުންސިލް އެކުލަވާލުމަށް ހުށަހަޅާފައިވަނީ އެކައުންސިލަކީ ފުރިހަމަ މިނިވަންކަން ލިބިފައިވާ ކައުސިލަކަށް ހެދުމަށް ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ. މި އިސްލާހަށް އަމަލު ކުރަން ފަށާނީ މި ބިލު މަޖިލީހުން ފާސްވެ ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގު ކުރާ ދުވަހުން ފެށިގެންނެވެ.

ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް ރައްޔިތުންގެ މަޖިލިސް ބަންޑާރަ ނައިބް އަހުމަދު އުޝާމް ބާ ކައުންސިލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ