ކަރަންޓު ބިލު ކުޑަ ކުރުމަށް ތެލަށް ބަރޯސާވާ މިންވަރު ކުޑަ ކުރަން ޖެހޭ: ޝުޖާއު

Advertisement

Advertisement

އެންމެ ފަސް

Advertisement

ކަރަންޓު ބިލުތައް ކުޑަ ކުރެވޭނީ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް އިއާދަކުރަނިވި ހަކަތަ އިތުރުކޮށްގެންކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ޝުޖާއު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާއިތުވި މަސްތަކުގައި ކަރަންޓު ބިލުތައް ބޮޑުވެފައިވާކަމަށް ބުނެ އެމްޑީޕީގެ ފަރާތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރަހިމް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސް މަރުހަލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝުޖާއު ވިދާޅުވީ މުޅި ގައުމު އޮތީ ތެލަށް ބަރޯސާވެފައި ކަމަށާއި އެކަމަށް ނިމުމެއް ގެނެސް އިއާދަކުރަނިވި ހަކަތަ ބޭނުން ކުރަން ޖެހޭ ކަމަށެވެ. އެގޮތުން މި ސަރުކާރުން މިހާރު ވަނީ އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއެއް ހިންގުމަށް އެސްއީޒެޑް ޕްރޮޖެކްޓެއް ހިންގަން ހުއްދަ ދީފައިވާކަން ޝުޖާއު ވަނީ ފާހަގަ ކުރައްވާފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިޒުގެ ސަރުކާރުން އެސްއީޒެޑްގެ އެޕްރޫވަލް ނުވަތަ ޕްރޮޖެކްޓެއް ހިންގަން އެންމެ ފުރަތަމަ ދެއްވީ އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއެއް ހިންގަން. އެއީ ކީއްކުރަންތޯ؟ އެއީ ތެލަށް ބަރޯސާވާ ބަރޯސާވުން ކުޑަކުރަން.

ޝުޖާއު ވިދާޅުވީ މިކަން ހައްލުކޮށްގެން ނޫނީ ކަރަންޓު ބިލުތައް ކުޑަ ކުރެވެން ނެތް ކަމަށެވެ.

މީގެ އިތުރުން ޝުޖާއު ވަނީ މިދިޔަ ފަސް އަހަރުގެ ތެރޭގައި ސްޓެލްކޯގެ އިންޖީނުތައް އޯވަހޯލްކޮށްފައި ނުވާކަމަށް ވިދާޅުވެފަ އެވެ. އަދި އިއާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު އިތުރުކޮށް މި ސަރުކާރުން ކަރަންޓުގެ އަގު ހެޔޮ ކުރާނެކަމަށްވެސް ޝުޖާއު ވިދާޅުވި އެވެ.

ސްޓެލްކޯއިންވެސް އަންނަނީ އެ ކުންފުނިން ކަރަންޓުގެ ހިދުމަތް ދެމުން އަންނަ ބައެއް ރަށްރަށުގައި ބެޓެރިން ކަރަންޓު ދިނުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މިއަހަރު ނިމުމުގެ ކުރިން ފަސް ރަށެއްގައި ބެޓެރިން ކަރަންޓުގެ ހިދުމަތް ދިނުމަށް ނިންމާފައިވާކަމަށް ސްޓެލްކޯއިން މީގެ ކުރިން ބުނެފައިވެ އެވެ.

ރައްޔިތުންގެ މަޖިލިސް އިބްރާހިމް ޝުޖާއު ސްޓެލްކޯ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ