މާލޭގައި ހުރި ގްރެފިޓީތައް ފޮހެލަން ފަށައިފި

Advertisement

އެންމެ ފަސް

Advertisement

ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ލިޔެފައި ހުރި ގްރެފިޓީތައް ނައްތާލުމުގެ ހަރަކާތެއް ފަށައިފި އެވެ.

ފުލުހުންގެ ހިދުމަތުން ބުނި ގޮތުގައި މިއަދު ފެށި މި މަސައްކަތަކީ ގޭންގު ކްރައިމް އެންފޯސްޓްމަންޓުން އިސްނަގައިގެން މާލޭ ސިޓީ ކައުންސިލާ ގުޅިގެން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ. އަދި މި މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކުގެ ފާރުތަކުގައި ހުރި އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ލިޔުންތަކާއި ކުރެހުންތައް ފޮހެލާފައިވާ ކަމަށް ފުލުހުންގެ މުއައްސަސާއިން ބުނެފައިވެ އެވެ.

ފުލުހުން ބުނި ގޮތުގައި އެ ލިޔުންތަކާއި ކުރެހުންތައް ނައްތާލާފައިވަނީ އެ ސަރަހައްދުތަކަކީ އާއްމު ރައްޔިތުންނާއި ކުޑަކުދިން ޒިޔާރަތް ކުރާ ސަރަހައްދުތަކަކަށް ވާތީއާއި ކުޑަކުދިންނާ ނުގުޅޭފަދަ މަންޒަރުތަކާއި ލިޔުންތަކަށްވާތީ ކަމަށެވެ. މި މަސައްކަތް މާލޭ ސިޓީގައި ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.

މާލޭ ސިޓީގައި ކުށްމަދު އަމާން ރަނގަޅު ވެއްޓެއް ގާއިމުކުރުމަށް ފުލުހުން ދަނީ ތަފާތު ހަރަކާތްތައް ހިންގަމުން ނެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ