ގަވަރުނަރު މަގާމުން ވަކި ކުރުމަށް ރައީސަށް ލަފާ ދޭން ކޮމިޓީން ފާސްކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރުގެ މަގާމުގައި ހުންނެވި އަލީ ހާޝިމް މަގާމުން ވަކި ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލަފާ އެރުވުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އެވެ.

އެމްއެމްއޭގެ ގަވަރުނަރު މަގާމުން ވަކި ކުރުމަށް ރައީސް މުއިއްޒަށް ލަފާ އެރުވުމުގެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އެވެ. މި މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން މަޖިލީހުން ވަނީ މި މައްސަލަ ބަލައިގަނެ މި މައްސަލަ ދިރާސާ ކުރުމަށް މާލިއްޔަތު ކޮމިޓީއަށް ފޮނުވާފަ އެވެ.

މާލިއްޔަތު ކޮމިޓީން މި މައްސަލަ ދިރާސާ ކޮށްފައިވާއިރު އެ ކޮމިޓީއަށް ހާޒިރުވެ ޖަވާބުދާރީވުމަށް ގަވަރުނަރު އަލީ ހާޝިމްއަށް ވަނީ އެކި ފަހަރު މަތިން ފުރުސަތު ދީފަ އެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ކޮމިޓީއަށް ހާޒިރުވުމަށް ހާޝިމް ވަނީ އުޒުރުވެރިވެފަ އެވެ. މި މައްސަލައާ ގުޅިގެން ހާޝިމް ވަނީ މާލީ ހާލަތު ބަޔާން ކުރައްވައި، މަޖިލީހަށް ރިޕޯޓެއް ފޮނުއްވާފަ އެވެ.

މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވީ މިއަދުގެ ބައްދަލުވުމަށްވެސް ގަވަރުނަރަށް ހާޒިރުވެވެން ނެތްކަން އަންގަވާފައިވާ ކަމަށެވެ. އަދި މި މައްސަލައާ މެދު ގޮތެއް ނިންމުމަށްވެސް ގާސިމް ވަނީ ކޮމިޓީގެ މެންބަރުންގެ އަރިހުން އެދިވަޑައިގެންފަ އެވެ.

މި މައްސަލައާ ގުޅިގެން އެ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައިވަނީ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކި ކުރުމަށް ރައީސް މުއިއްޒަށް ލަފާ އެރުވުމަށެވެ. ކޮމިޓީން މިގޮތަށް ފާސް ކުރި ނަމަވެސް މި ލަފާ ރައީސަށް އަރުވާނީ މަޖިލީހުގެ ތަޅުމުން ފާސްވުމުންނެވެ.

މިއަދުގެ ބައްދަލުވުމުގައި މި މައްސަލަ ހުށަހެޅުއްވި މެންބަރު ނާޒިމް ވަނީ އެމްއެމްއޭ އާ މެދު ކޮމިޓީއަށް ފާހަގަވެފައިވާ ކަންކަމުގެ އިތުރަށް 241 ކޮމިޓީގައި ފުލުހުންނާއި ހޯމް މިނިސްޓްރީގެ މަސައްކަތްތަކަށް ވެސް އެމްއެމްއޭގެ ސަބަބުން ދަތިވާކަން ހާމަވެފައިވާކަމަށް ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިލިސް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް އެމްއެމްއޭ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ