ކޮންޓެއިނާ ސްކޭނަރެއް ލިބިއްޖެނަމަ ހިދުމަތް އިތުރަށް ހަލުއިކުރެވޭނެ: މާނިއު

Advertisement

Advertisement

އެންމެ ފަސް

Advertisement

ކޮންޓެއިނާ ސްކޭނަރެއް ލިބިއްޖެނަމަ ކަސްޓަމްސްގެ ހިދުމަތް އިތުރަށް ހަލުއިކުރެވޭނެ ކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފު މާނިއު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން މާނިއު ވިދާޅުވީ އެމްޕީއެލްގެ ބަނދަރުގެ ޖާގައިގެ ދަތިކަން ވަރަށް ބޮޑު ކަމަށާއި ބަނދަރަށް ކޮންޓެއިނާ ސްކޭނަރެއް ބޭނުންވާ ކަމަށެވެ. ކޮންޓެއިނާ ސްކޭނަރެއް ލިބިއްޖެނަމަ ކަސްޓަމްސް ހިދުމަތް އިތުރަށް ހަލުއިކުރެވޭނެ ކަން މާނިއު ފާހަގަކުރެއްވި އެވެ.

ކަސްޓަމުގެ ހިދުމަތް ފޯރުކޮށްދިނުމަށް ދިމާވާ އިތުރު ގޮންޖެހުމެއްގެ ގޮތުގައި މާނިއު ފާހަގަ ކުރެއްވީ ޑޮމެސްޓިކް އެއާޕޯޓުތަކުގެ ރިކުއާމެންޓަށް އެއާޕޯޓުތައް ތަރައްގީ ކުރުމަށްފަހު، އެ އެއާޕޯޓުތައް ބައިނަލްއަގުވާމީ އެއާޕޯޓުތަކަށް ބަދަލުކުރާއިރު އެތަންތަނުގައި އިންޓަނޭޝަނަަލް އެއާޕޯޓުތަކުގައި ހުންނަންޖެހޭ ސަލާމަތީ ހިދުމަތްތަކާއި ވަސީލަތްތައް ނެތުމެވެ.

އެތަންތަނުގެ އިންފްރަސްޓްރަކްޗާ ހުންނަނީ އިންޓަނޭޝަނަލް އެއާޕޯޓުތައް ގޮތަކަށް ނޫން. އެހެންވީމާއި އެންމެ ރަނގަޅަށް ސެކިއުރިޓީ މެޝާސް ނުނެގޭ. އެހެންވީމާ ރީޖަނަލް އެއާޕޯޓްސްގެ އިންފްރަސްޓްރަކްޗާތަކަށް ބަދަލުތަކެއް ގެންނަންޖެހޭ،

ކަސްޓަމުން މައިގަނޑު ގޮތެއްގައި ކުރާ މަސައްކަތަކީ ގާނޫނު ތަންފީޒު ކުރުމާއި ވިޔަފާރިއަށް މަގުފަހި ކުރުމުގެ މަސައްކަތްތައްކަން ފާހަގަކުރައްވާ މާނިއު ވަނީ އެކަށީގެންވާ ގޮތަށް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އަދަދަށްވުރެ މަދުވެގެން 330 މުވައްޒަފުން އެ އިދާރާގައި މަދު ކަމަށް ވިދާޅުވެފަ އެވެ.

މާނިއު ވިދާޅުވީ ކަސްޓަމްސްގެ މަސައްކަތް ޑިޖިޓައިޒްކޮށް ކޮމްޕިއުޓަރައިޒް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މުހިންމު ތަންތަނުގައި ކެމެރާ ހަރުކޮށް ނުރައްކާތައް ދެނެގަތުމަށް އާޓިފިޝަލް އިންޓެލިޖެންސްގެ ބޭނުންކުރަމުގެ މަސައްކަތް އެ އިދާރާއިން ކުރަމުންދާ ކަމަށްވެސް ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ވިދާޅުވި އެވެ.

ކަސްޓަމްސް ކޮމިޝަނަ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު މުހައްމަދު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ