ކީރިތި ޤުރްއާން ކިޔެވުމުގެ ގައުމީ މުބާރަތް ނިންމުމުގެ ރަސްމިއްޔާތު މިރޭ، ރައީސް ބައިވެރިވެވަޑައިގަންނަވާނެ

Advertisement

އެންމެ ފަސް

Advertisement

ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު މިރޭ އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގެ ކިޔެވުން ކުރިއަށް ގޮސްފައިވަނީ ޖޫން މަހުގެ 30އިން ޖުލައި 7 އަށެވެ. މި އަހަރުގެ މުބާރާތުގައި 119 މުއައްސަސާއަކުން 992 ބައިވެރީން ވަނީ ވާދަކޮށްފަ އެވެ.

އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ މުބާރާތް ބާއްވައިފައި ވަނީ މުޅި މުބާރާތުގެ ކަންކަން އަލުން މުރާޖައާކޮށް، ގެނެވެން ހުރި ރަނގަޅު ބަދަލުތައް ގެނައުމަށް ފަހުގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. މި ބަދަލުތަކުގެ ތެރޭގައި، ރަށްރަށުން އަންނަ ދަރިވަރުން މާލޭގައި ގިނަ ދުވަހު ނުތިބެ ކިޔެވުން އަވަހަށް ނިންމައިލެވޭނެ ގޮތަށް ކިޔެވުން އިންތިޒާމުކުރެވިފައިވާކަން ހާއްސަ ގޮތެއްގައި އެ ވުޒާރާއިން ފާހަގަކުރި އެވެ.

މީގެ އިތުރަށް މުބާރާތުގެ ވަނަވަނައަށް އަންނަ ފަރާތްތަކަށް ދޭ ތަށިތައް ވެސް ވަނީ ދިވެހިވަންތަ ފަރުމާތަކަކަށް ބަދަލުކޮށްފައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ