ދައުރުވަނީ މާ ކުރީގެ ލިސްޓެއް، ޖަމިއްޔާތަކުގެ އައު ލިސްޓް ހާމަކުރަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ސަރުކާރުން ހިލޭ ސާބަހަށް މަސައްކަތް ކުރާ އެންޖީއޯތަކުގެ އަޕްޑޭޓެޑް ލިސްޓެއް ހާމަކުރަން އުޅޭ ކަމަށް ބުނެފި އެވެ.

ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީން ބުނީ މިހާރު ދައުރުވަމުންދާ ލިސްޓަކީ ސަރުކާރާއި ގުޅުމެއް އޮތް ލިސްޓެއް ނޫން ކަމަށެވެ. އަދި އެ ޖަމިއްޔާތަކުގެ ލިސްޓަކީ މާ ކުރީގެ ލިސްޓެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

މި ލިސްޓުގައި ހިމެނެނީ މަދަނީ ޖަމިއްޔާތަކުގެ 642 ޖަމިއްޔާއެކެވެ. ނަމަވެސް އާންމުން ވަނީ ވަރަށް ބޮޑަށް ހަރަކާތްތެރިވާ ބައެއް އެންޖީއޯތައް އެ ލިސްޓުގައި ނުހިމެނޭތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގައި މުހިންމު ގޮތެއްގައި ހަރަކާތްތެރިވާ އެންޖީއޯތަކާއި އެހެނިހެން ހަރަކާތްތެރި ޖަމާއަތްތައް ހިމެނެ އެވެ.

މި ލިސްޓުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ މައުމޫން ފައުންޑޭޝަނާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ރަހުމާ ފައުންޑޭޝަނާއި މަޝްހޫރު ދީނީ އިލްމުވެރިން ހިމެނޭ ސަލަފް ޖަމިއްޔާގެ ނަން ނެތްކަން ފާހަގަކޮށްލަން ޖެހެ އެވެ.

އެންޖީއޯތަކުގެ ރަޖިސްޓްރީ ބަލަހައްޓާ ޔޫތު މިނިސްޓްރީން ވަނީ އެ ލިސްޓަކީ ފުރިހަމަ ލިސްޓެއް ނޫން ކަމަށާއި ލިސްޓު އަދާހަމަ ވެސް ނޫން ކަން ފާހަގަކޮށްފަ އެވެ. އެގޮތުން ދައުރުވަމުން އަންނަ ލިސްޓަކީ މާ ކުރީގެ ލިސްޓެއް ކަމަށާއި، ވަރަށް އަވަހަށް އާ، ފުރިހަމަ ލިސްޓެއް ފައިނަލްކޮށް އާންމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައި ވެއެވެ. އަދި ގަވާއިދުތަކާ އެއްގޮތަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި އިދާރީ ޝަރުތުތައް ފުރިހަމަކޮށްފައިވާ އެއްވެސް އެންޖީއޯއެއް ލިސްޓުން އުނި ނުކުރާނެ ކަމުގެ ޔަގީންކަން ވެސް ދީފައި ވެއެވެ.

 

މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ