ލާމަރުކަޒީ ގާނޫނު އިސްލާހު ކުރުމުގެ ދިރާސާ ރިޕޯޓް އޮގަސްޓް މަހު ނިމެނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ގައުމީ ޔުނިވާސިޓީ އިން ހަދަމުންދާ ލާމަރުކަޒީ ގާނޫނު އިސްލާހު ކުރުމުގެ ދިރާސާ ރިޕޯޓް އޮގަސްޓް މަހު ނިމެން އުޅޭ ކަމަށް ލޯކަލް ގަވަމެންޓާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ވިދާޅުވީ އެ ދިރާސާ ރިޕޯޓް އަންނަ އޮގަސްޓް މަހުގެ މެދު ތެރޭގައި ނިމޭނެ ކަމަށެވެ.

ވަޒީރު ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް އިސްލާހީ ބަދަލު ގެންނަން ވާނީ ފަހަރަކު ތަންކޮޅެއް ބަދަލުކޮށް، ބާއޮޑިއެއްގައި ގަނޑުލާ އުސޫލުން ނޫން ކަމަށާ، މުޅި ނިޒާމަށް އޭގެ ސަބަބުން ހެޔޮ ބަދަލުތައް ގެނެވޭނެ ގޮތެއްގެ މައްޗަށް ކަމުގައި ބަޔާންކުރެއްވި އެވެ.

”ލާމަރުކަޒީ ނިޒާމުގެ ގާނޫނަށް ބަދަލު ގެންނަން ވާނީ ފަހަރަކު ތަންކޮޅެއް ބާއޮޑިއެއްގަ ގަނޑުލާ އުސޫލުން ނޫން. މުޅި ނިޒާމަށް އޭގެ ސަބަބުން ހެޔޮ ބަދަލުތައް ގެނެވޭނެ ގޮތުގެ މައްޗަށް. އެ މަގުން ކުރިއަށް ގެންދިއުމަށް ޓަކައި އަޅުގަނޑު ގައުމީ ޔުނިވާރސިޓީއާއެކު ވަރަށް ގިނަ މަސައްކަތްތައް އެބަ ކުރަން. ލާމަރުކަޒީ ނިޒާމަށް ގެންނާނެ ހެޔޮ ބަދަލަކީ ކޮބާތޯ ދެނެގަތުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ޓަކައި“ މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ ރިޕޯޓް ލިބުނީމަ އޭގެ އަލީގައި އެ ކަމާ ގުޅުން ހުރި މުއައްސަސާތަކާއި، ސްޓޭކްހޯލްޑަރުންނާއި، އާންމު ރައްޔިތުންނާއި އަދި ގިނަ ބައެއްގެ ރައުޔު ހޯދުމާއެކު ލާމަރުކަޒީ ނިޒާމަށް ގެންނަން ޖެހޭ އިސްލާހުތައް ދެނެގަނެ އެ ކަމުގެ މައްޗަށް މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

މިނިސްޓަރު އާދަމް ޝަރީފް އުމަރު މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ