މިސްކިތަކުން ފެން ކޭސްތަކެއް ވަގަށް ނަގައިފި ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ވިޔަފާރިވެރިންގެ މިސްކިތުން ފެން ކޭސްތަކެއް ވަގަށް ނަގާފައިވާ މައްސަލައެއް އިއްޔެގައި އެ މުއައްސަސާއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ރިޕޯޓްކުރި އެވެ.
ފުލުހުުން މިހާރު ދަނީ މި މައްސަލަ ތަހުގީގު ކުރަމުން ނެވެ.