ޝަރުތުހަމަވާ ކެނޑިޑޭޓަކު ނުލިބުމުން މިފްކޯގެ ސީއީއޯ ހޯދަން ކުރި އިއުލާން ބާތިލްކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

މަގާމަށް ޝަރުތު ހަމަވާ އެެއްވެސް މީހަކު ކުރިމަތިނުލުމުގެ ސަބަބުން މޯލްޑިވްސް އިންޑަސްޓްްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ސީއީއޯ ހޯދަން ކުރި އިއުލާން ބާތިލުކޮށްފި އެވެ.

މިފްކޯގެ ސީއީއޯ އަހްމަދު ޝަމާހު މަގާމުން ވަކިކުރި ފަހުން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ވަނީ 26 ޖޫންގައި ސީއީއޯގެ މަގާމަށް އިއުލާންކޮށްފަ އެވެ. މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވީ އިއްޔެގެ ވަގުތެއްގަ އެވެ. އެ މަގާމަށް މަހަކު ގާތްގަނޑަކަށް 200،000 ރުފިޔާގެ މުސާރައެއްވެސް ހުށަހެޅި އެވެ.

މި އިއުލާން ބާތިލުވީކަން ސަރުކާރުގެ ގެޒެޓްގައި އިއުލާންކޮށްފައިވަނީ މިއަދު އެވެ. އިއުލާން ބާތިލުކުރީ ޝަރުތު ހަމަވާ އެއްވެސް މީހަކު މަގާމަށް ކުރިމަތިނުލުމުގެ ސަބަބުން ކަމަށް ބުނެފައި ވެއެވެ.

އިއްޔެއާއި ހަމައަށް ފުދޭވަރަކަށް ގިނަ މީހުން ވަނީ އިއުލާނަށް އިޖާބަދީ، މިފްކޯގެ ވަޒީފާއަށް ކުރިމަތިލާފަ އެވެ. އޭގެ ތެރޭގައި މިފްކޯގެ ކުރީގެ އެމްޑީ އަދި ސީއީއޯކަން ކުރި އިބްރާހީމް އާތިފް ޝަކޫރުވެސް ހިމެނެ އެވެ.

ގެއްލުމުގައި ހިންގަމުންދާ މިފްކޯގެ ސީއީއޯގެ މަގާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ އަދަދު އަދި ސާފެއް ނުވެ އެވެ. ނަމަވެސް މިފްކޯގެ ޕްރޮސެސިން ފެސިލިޓީއެއް ކަމަށްވާ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާކުރެއްވި އަދި ފެލިވަރު ކޭނިން ފެކްޓްރީގެ ހެޑް އޮފް ފުޑް ސޭފްޓީގެ މަގާމު ވެސް އަދާކުރެއްވި އަލީ އަހުމަދު ވެސް ވަނީ އާތިފްއާ އެކު އެ މަގާމަށް ކުރިމަތިލާފަ އެވެ.

 

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ