ފުލުހުން ހުށަހެޅުމުގެ ކުރިންވެސް ޒިފްލީންގެ ފްލެެޓް މައްސަލަ ބަލަން ފެށިން: އޭސީސީ

Advertisement

އެންމެ ފަސް

Advertisement

ފުލުހުންގެ ހިދުމަތުން ހުށަހެޅުމުގެ ކުރިންވެސް ކުރީގެ ސްޓޭޓް މިނިސްޓްރު ޒިފްލީން ހަސަން، ހުޅުމާލެ އިން ފްލެޓެއް ބަލަވައިގަތް ބަލަމުންދިޔަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް މިއަދު ވަނީ އޭސީސީގެ މެމްބަރުން ހާޒިރުކޮށްފަ އެވެ.

ޒިފްލީން ފްލެޓް ބައްލަވައިގަތް މައްސަލަ ތަހުޤީޤްކުރަމުންދޭތޯ މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން އޭސިސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ ހަޤީޤަތަކީ ފުލުހުން އެ އިދާރާއަށް މައްސަލަ ހުށަހެޅުމުގެ ކުރިންވެސް، އެ ކޮމިޝަނުން އެ މައްސަލަ ބަލަން ފެށުން ކަމަށެވެ.

”އަވަސް ފިޔަވަޅުތަކެއް އޭގަ އަޅަން ނޯޓު ކޮށްލާނަން.“

ޒިފްލީން ފްލެޓެއް ބައްލަވައިގަތީ ހުޅުމާލެ އެފްޑަބްލިޔު ރެސިޑެންޓް އިންނެވެ. އެ ފްލެޓް ބައްލަވައިގަތީ 3.5 މިލިއަން ރުފިޔާ އަށެވެ.

ޒިފްލީންއަކީ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ އަނބިކަނބަލުންނެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ