ގާނޫނީ ހައްލުތަކެއް ހޯދުމަށް ވޭތުވެދިޔަ ސަރުކާރުތަކުން ވަނީ ނުކުޅެދިފަ: ޝުޖާއު

Advertisement

Advertisement

އެންމެ ފަސް

Advertisement

ގާނޫނީ ހައްލުތަކެއް ހޯދުމަށް ވޭތުވެދިޔަ ސަރުކާރުން ވަނީ ނުކުޅެދިފައިކަމަށް ބާރަށު ދާއިރާގެ މެންބަރު އިބުރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ޝުޖާއު މިހެން ވިދާޅުވެފައިވަނީ ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މަޖިލީހަށް ހުށަހަޅުއްވާފައިވާ ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނުގެ ބިލްގެ ބަހުސް މަރުހަލާގަ އެވެ.

ބިލްގެ ބަހުސް މަރުހަލާގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ކުށްތަކަށް އަރައިގަންނަމުން އަންނަ ކަމަށެވެ. އަދި ރާއްޖެ ފަދަ ނާޒުކު އިޤްތިސާދަށް އޮތް ޤައުމެއްގައިވެސް އެފަދަ ކުށްތަކަށް އަރައިގަތުން އިތުރުވެފައިވާކަން ފާހަގަކުރައްވަމުން ޝުޖާއު ވިދާޅުވީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޓެކުވުމުގެ މައްސަލަތައް ރާއްޖޭގައި އިތުރުވަމުން އަންނަ ކަމަށެވެ.

ނިމިދިޔަ ހަފްތާއެއްގެ ތެރޭގައިވެސް މަދު މިނެޓުކޮޅެއްގެ ތެރޭގައި އެކައުންޓުތަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާކަން ފަހަގަކުރައްވަމުން ޝުޖާއު ވިދާޅުވީ އާންމުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެފަދަ ބޮޑެތި ޖަރީމާތައް ހިންގާ މީހުން ނިޒާމުގެ ތެރެއިން ސަލާމަތްވެގެންދާ ދިއުން ކަމަށެވެ. ނަމަވެސް މިފަދަ ބިލެއް ފާސްވުމުުން ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުށްކުރަަ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ލިބިގެންދާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ ރާއްޖޭގެ ގާނޫނީ ނިޒާމް ބައިނަލްއަޤުވާމީ މިންގަނޑުތަކާއި އެއްހަމަ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އަދި ޖިނާއީ މައްސަލަތަކުގައި ބޭރުގެ ގައުމުތަކުގެ އެހީތެރިކަން ފަސޭހައިން ހޯދުމަކީ އެމަނިކުފާނު ބޭނުންފުޅުވެވަޑައިގަންނަވާގޮތްކަމަށް ޝުޖާއު ވިދާޅުވި އެވެ.

ރާއްޖޭގައި ގާނޫނީ ނިޒާމު ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްހަމަ ކުރުމަކީ ރައީސް ޑރ. މުހަންމަދު މުއީއްޒު ގެ އަމާޒެއްކަމާ އަދި ޖިނާއީ މައްސަލަ ތަކުގައި ބޭރު ގައުމުތަކުގެ އެހީތެރިކަން ފަސޭހާން ހޯދުމަކީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ހުވަފެނެއްކަމަށް ސުޖާއު ވަނީ ވިދާޅުވެފަ އެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި ސަރުކާރުގެ ކުރީކޮޅުގައި މިފަދަ ބިލްތައް ހުށަހެޅުމުން ަރުކާރުގެ ހެޔޮ ނިޔަތް އެކަމުގައި އެނގިގެންދާ ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް އިބްރާހިމް ޝުޖާއު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ